މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި 20 މެއިގެ ނިޔަލަށް ހުރިހާ ގްރޭޑްތަކަކަށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދިއުމާއި ގުޅިގެން 16 މެއި އިން ފެށީގެން 20 މެއިގެ ނިޔަލަށް މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 12ގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އޮންލައިންކޮށް ކިޔެވުން ކުރިއަށްދިޔަނަމަވެސް އިމްތިހާނުތައް ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.



މާލެ ސަރަޙައްދުގައި ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މާލެ ސަރަޙައްދުގައި ކޯވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން މިހާރު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނިގެންނެވެ. މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފަތިހު 4:00އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ 700 އިން މައްޗަށް ގޮސްފައެވެ. ސަރުކާރުން ބުނެފައި ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯނުލަނބާނަމަ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖެހިދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން