ކ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް އަދި ހއ އަތޮޅުން ޅ އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.

ކ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ހއ އަތޮޅުން ޅ އަތޮޅަށް އޮރެންޖް އެލާޓް ނެރެފައިވަނީ ހަވީރު 3:30 އިން ހަވީރު 6:30 އަށެވެ.



މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން