ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހް ޖަމާލު
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހް ޖަމާލު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ޖަރުމަން ސަރުކާރުން ހަމަޖައްސައިދިން ކަމަށް ބުނުމުން ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހް ޖަމާލު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތަށް މިއަދު ފުރާވަޑައިގެންފައިވާއިރު، ރައީސް މުހައްމަދު ނަޝީދުގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސައިދެނީ ޖަރުމަންގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ބޭރުކޮށްފައިވާ މުހަންމަދު މަލީހް ޖަމާލް ވިދާޅުވީ، އިދިކޮޅުގައި އެމްޑީޕީ އޮތްއިރު ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި، ބޭސް ފަރުވާއަށް ސަލާންޖަހައިގެން ނުވާނެ ކަމަށް ބުނަމުންދިޔަ ކަމަށެވެ. އެއީ އެމްޑީޕީން ދުއްވާ "ދެބޯގެރި" ކަމަށް މަލީހް ވިދާޅުވިއެވެ.



"ރައްޔިތުންގެ ފައިސާއިން ދެ މުސާރަ ނަންގަވާ، ހެލްތު އިންޝުއަރެންސަށް ލާރި ހޯދާ، މިކުރިކަމާއި ދޭތެރޭ ރައްޔިތުން ގޮތެެއް ނިއްމަވާ، ދައުލަތުގެ ނިޝާންޖެހި ހުތުރު ލިޔުމެއް." މަޖިލީހުން ނެރުނު ލިއުމަށް އިޝާރާތް ކުރަށްވާ މަލީހް ވިދާޅުވިއެވެ.

މަލީހް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސުންނަށް ބޭސްފަރުވާގެ ޚަރަދާއި ހެލްތް އިންޝްއަރެންސް ދޭންޖެހެނީ ދައުލަތުގެ ބަޖެޓުންނެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގެ ދަށުން، ކޮންމެ މަހަކު ޚާއްސަ އިނާޔަތާއި ރައްކާތެރިކަމާއި ރާއްޖެ އާއި ރާއްޖެއިން ބޭރުން ސިއްހީ ޚިދުމަތްތައް ދައުލަތުގެ ޚަރަދުގައި ދިނުމުގެ އިތުރުން ދަތުރުފަތުރާއި ސެކިއުރިޓީ ފޯރުކޮށްދޭންވެސް ޖެހެ އެވެ. ކުރީގެ ރައީސުންނަށް ގާނޫނުން ކަނޑައަޅައިގެންދޭ އިނާޔަތްތަކުގެ ތެރެއިން ރައީސް ނަޝީދު ހަމައެކަނި ނަންގަވަނީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދޭ އިނާޔަތު ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ދާދިފަހުން ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ކަންބޯ

15-May-2021

މަލީހު ވާނުވާގަ.ހުސް މޮޔަވާހަކަ.



ޓްރެންޑިން