ހެޔޮވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ހޫނު ރައްދެއް ދެއްވައިފިއެވެ.

ހެޔޮވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ފިތުރު އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައެވެ. އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ އުފެއްދުމުގައި އިސްރޯލެއް އަދާކުރެއްވި އިބްރާހިމް އިސްމާއިލް ވިދާޅުވީ، ތިމާ ވަންނަން ބޭނުންވި ދައުލަތުގެ ހުރިހާ މުވައްސަސާ އަކާއި ހިންގަން ލިބުނު ކޮންމެ އިދާރާއަކަށް ވަދެ ދައުލަތް ހިންގުމުގެ ނިޒާމް ފުޑުފުޑު ކުރަމުންދާ މީހަކު "ހެޔޮވެރިކަމުގެ" ވާހަކަ ދެއްކުމުން ތަލިން ހިކެނީ ކުޅު ކަމަށެވެ.

"ތިމާ ވަންނަން ލިބުނު ދައުލަތުގެ ކޮންމެ މުއައްސަސާއަކާއި ހިންގަން ލިބުނު ކޮންމެ އިދާރާއަކާއި ދައުލަތް ހިންގުމުގެ ނިޒާމު ފުނޑުފުނޑު ކުރަމުންދާ މީހަކު ހެޔޮވެރިކަމުގެ ވާހަކަ ދެއްކީމާ ތަލިން ހިކެނީ ކުޅު." އިބްރާ ވިދާޅުވިއެވެ.

މަންދު ކޮލެޖުގެ އެއްބަސްވުން ކުރީގެ ސަރުކާރުން އުވާލުމުން މިސަރުކާރުން ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ފާޅުގައި އެކަމާ ދެކޮޅުހަދައި އިބްރާއަށްވެސް ފާޑުވިދާޅުވަމުންނެވެ. މިކަމާ ގުޅިގެން މިފަހަކަށް އައިސް އިބްރާވެސް ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


3

މޭޑު

20-May-2021

ނުލަފާކަމުގެ ގޮތުން ބަފަޔާ ދަރިން އެއްގޮތް ވުމަކީ މައްސަލައެއް ނޫންތާ!


3

ހޭލާ

15-May-2021

ތިމަން މެނައް ނުވާކިތަންމެ ކަމެއްގެ އާރާއި ބާރު އިންސާނަކަށް ﷲ ސ ވ ތ އާލާ ދެއްވުމުން އެކަމައް ނަފްރަތު ކުރުމީ ޝައިތާނީ ހަޑިމުޑުދާރު އަމަލެއް. ރައީސް ނަޝީދައް ދިވެހި ގިނަ ރައްޔިތުންނާއި މުޅި ދުނިޔެއިން ލިބިފައިވާ އިހުތިރާމާއި ލޯބި ފެނި ވާ ހަސަދަވެރިކަމަކުން ތަލިން ކުޅު ތިޔަ ހިކެނީ. އެކަން ގިނަ ދިވެހިންނަށް އެނގޭ މުއައްސަސާ ތަކަށް ވަންނަނަ ޖެހެނީ އެތަން ތަނާ ހަވާލުވެ ވަގުން ތިބެ ވައްކަން ކުރާތީ އެކިނަން ނަމުގަ ދައުލަތް ލޫޓުވާތީ މިނިސްޓަރަކަށް ސްޓޭޓް މިނިސްޓަރަކަށް ވަންނައިރު އަތުގަ ލޯލާރި ނެތްމީހުން އަހަރު ނުވަނީސް މިލިއަނަރުންނަށް ވާގޮތް ރައީސް ނަޝީދަށް އެނގޭތީ ދިވެހި ރައްޔިތުންގެ ހައްގުގަ މަޖުބޫރުވެގެން އެތަންތަނަށް ވަދެ ބަލަނީ..ބަލާތީ އިބުރާމެންގެ ތަލިން ކުޅުހިކި ހަސަދަ ވެރިވަނީ..



ޓްރެންޑިން