ކޮވިޑް-19 ބަލީގައި ރާއްޖެއިން މިއަދު މިހާތަނަށް 3 މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު މި ބަލީގައި ނިޔާވި ތިންވަނަ މީހަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މި ބައްޔަށް ފަރުވާ ހޯދަމުން އައި އުމުރުން 86 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 9.05 ގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ކުރިން މިއަދު ދެ މީހަކުވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

އެއީ ހުޅުމާލޭގައި ހުންނަ ކޮވިޑް މަރުކަޒުގައި ފަރުވާދެމުން އައި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނަކާއި ހަމަ އެ މަރުކަޒުގައި ފަރުވާ ހޯދަމުން އައި އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދުވަނީ 90 އަށް އަރާފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުވަނީ 41،308 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން