ފާތިމަތު ނަހުލާ
ފާތިމަތު ނަހުލާ
ސިޔާސީ ޕާޓީއަކުން ކެމްޕޭނަށް ދޭ ފައިސާ އަކީ ޚިޔާނާތުގެ ފައިސާކަން ކެންޑިޑޭޓަށް އެގޭނީ ކިހިނެއްތޯއޭ ވިދާޅުވެ ރާއްޖޭގެ ކުޅަނދާނަ ޑައިރެކްޓަރ ފާތިމަތު ނަހުލާ ސުވާލު އުފައްދަވައިފިއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ކުޅަނދާނަ ޑައިރެކްޓަރ ފާތިމަތު ނަހުލާ ވިދާޅުވީ، އޭނާގެ ކެމްޕޭނަށް އަހުމަދު އަދީބު ފަސްލައްކަ ރުފިޔާ ދީފައިނުވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އެކަމަކު ކެމްޕޭނަށް ޕާޓީން ފައިސާ ލިބުނު ކަމަށާއި ނަމަވެސް އެއީ ޚިޔާނާތުގެ ފައިސާ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ ފަރާތްތަކާއި އެޚިޔާނާތުން މަންފާލިބިފައިވާ ކަމަށް ބުނާ ފަރާތްތަކުގެ ނަންތައް ހިމެނޭ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން އާންމުކުރުމުން އެލިސްޓްގައި ހިމެނޭ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެ މައްސަލަ ބަލަމުންދާ އެސެޓް ރިކަވަރީ ކޮމިޝަނާއި ލިސްޓް އާންމުކުރި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ފާޑުކިޔަމުންދަނީ ތަހުގީގު ނުނިމޭ މައްސަލަތަކެއްގައި ހިމެނޭ ބައަކަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވާތީއެވެ. އެ ލިސްޓުގައި ކޮމިޝަނުން މައުލޫމާތު އެއްކުރަމުން ގެންދާ ފަރާތްތަކުގެ ނަންތައްވެސް ވަނީ ހިމަނާފައެވެ.

ޚިޔާނާތުގެ ލިސްޓްގައި ނަހުލާގެ ނަން ހިމަނާފައިވާއިރު އެ ލިސްޓްގައި ބުނެފައިވަނީ ކެމްޕޭނަށް ނަހުލާއަށް ފައިސާ ދިންކަން "މުހަންމަދު"ގެ ފޯނުގައި ނޯޓްކޮށްފައިވާ ކަމަށާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އެގޮތަށް ވިދާޅުވެފައިވާ ކަމަށެވެ. ބެލެވޭގޮތުގައި "މުހައްމަދު" އެއީ މުހަންމަދު އައްލާމް ލަތީފް، މޮހޯއެވެ. 2015 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓްގައި މައްޗަންގޯޅި އުތުރު ދާއިރާގެ ގޮނޑިއަށް މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ވާދަކުރެއްވީ ނަހުލާއެވެ.

ނަހުލާ ވިދާޅުވީ މަޖިލީހަށް ވާދަކުރެއްވިއިރު ޕާޓީން ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕޭނަށް ކޮންމެވެސް ވަރަކަށް ފައިސާ ދިން ކަމަށާއި، އެހެން ނަމަވެެސް އެއީ އެހެން ފަރާތެއްގެ ޚިޔާނާތުގެ ފައިސާކަން އެއްވެސް ވަރަކަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސްގެ، އައުޓްސްޓޭޑިން ވިމެން ލީޑަޝިޕް އެވޯޑް ހާސިލް ކުރައްވާފައިވާ ނަހުލާ ވިދާޅުވީ, އޭނާއަށް ފުރަތަމަ މީހަކު ގުޅާފައި އެލިސްޓުގައި ނަން އޮތް ވާހަކަ ބުނުމުން ފުތަމަ ވެސް ފެށްޓެވުނީ ހޭން ކަމަށެވެ. އަދި މިއީ ވަރަށް ނަހުލާތައް ގިނަ ދުވަސްކޮޅެއްކަމަށް ވިދާޅުވެ އެއީ އޭނާގެ ވާހަކަ ނޫން ކަމަށް ވިދާޅުވެ ސަމާސާ ކޮށްލެއްވީ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ، ޚިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން އޮތުމުން ލިބުނީ ޝޮކެއް ކަމަށެވެ. އަދި ޚިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން ހިމަނާފައިވާއިރު، އެމައްސަލައާއި ގުޅިގެން އެއްވެސް ކޮމިޝަނަކަށް ހާޒިރުކޮށްފައިނުވާ ކަމަށާއި، ހާޒިރުކުރަންޖެހޭ ސަބަބެއް ވެސް ނޯއްނާނެ ކަމަށެވެ. އަދި ކެމްޕޭނަށް ޚަރަދު ކުރި ފައިސާގެ ބޮޑުބަޔަކީ ގިނަ ކެންޑިޑޭޓުންނާ ޚިލާފަށް އަމިއްލަ ފައިސާ ކަމަށް ނަހުލާ ވިދާޅުވިއެެވެ. ނަހުލާ ވިދާޅުވީ އޭނާ އަކީ ދުވަހަކުވެސް ޚިޔާނާތުގެ ފައިސާއެއް ނުވަތަ ހައްގު ނޫން ފައިސާއެއްގައި ޖެހޭނެ މީހެއް ނޫން ކަމަށާއި، އަބަދުވެސް ވިޔަފާރިވެސް ކުރާ މީހަކަށް ވީނަމަވެސް ދުވަހަކުވެސް މީޚަކަށް ދަރާފައި ނޯންނާނެ ކަމަށެވެ. އަދި އަމިއްލަ ބޭނުމަށް އެއްވެސް މީހެއްގެ އަތުން އެއްވެސް އިރެއްގައި ފައިސާ ހޯދަން ޖެހުނު މީހެއް ނޫން ކަމަށް ނަހުލާ ވިދާޅުވިއެވެ.



ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފައިވާ ދިވެހި ފިލްމް އިންޑަަސްޓްރީގައި އެންމެ ނުފޫޒު ގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނަހުލާ އިތުރަށް ވިދާޅުވީ ޕާޓީތަކުގެ ވެރިން ވައްކަން ކޮށްގެންނާއި ލޫޓުވައިގެން ހޯދާ ފައިސާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދީފާނެ ކަމަށް ހީކުރެވިފައިވެސް ނުވާ ކަމަށެވެ. އަދި އެކަން އެހެން ކޮށްފިނަމަ ތެދުވެރި އެތައް ބައެއްގެ ބޮލުގައި ހައްގު ނޫން އިލްޒާމްތަކެއް، އެމީހުންނަށް ނޭގި އެޅިގެން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއްކަމަށް ނަހުލާ ވިދާޅުވިއެވެ. ނަހުލާ ވިދާޅުވީ އޭނާ ކަހަލަ ކިތަންމެ ބަޔަކު ތިލިސްޓުގައި ތިބޭނެކަން މިހާރު ޔަގީންވެއްޖެ ކަމަށެވެ. ކުރިން ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާ އަކީ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގައި ކާމިޔާބު އަދި ބެލުންތެރިންގެ ބޮޑު މަގުބޫލްކަމެއް ލިބެމުންދާ ފިލްމްތަކާއި ސީރީސްތައް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރަމުން އަންނަ ރާއްޖޭގެ އެފަދަ ދެވަނައެއްނެތް ކުޅަދާނަ ފަންނާނެކެވެ. އޭނާއަކީ އެ އިންޑަސްޓްރީން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެފައިވަނީ މަޖިލީހުން އާންމުކުރި އެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި، އެ ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމަށެވެ. އެހެން ނަމަވެސް ބޮޑު ޚިޔާނާތެއްގައި ހިމެނޭ ބޮޑެތި ކުށްވެރިން ހިމެނޭ ލިސްޓެއްގައި ކުށެއް ނެތް އާންމު ރައްޔިތެއްގެ ނަން އޮތުމަކީ އަސްއަދު ވިދާޅުވާ ބަހާއި ގިނަ ބަޔަކަށް އެއްބަސް ނުވެވޭ އެއް ސަބަބެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޤޤ

15-May-2021

2015???


0

ޛަލީލް

15-May-2021

ނަހުލާ ކޮން ވާހަކައެއް. އެންމެނައަވެސް އެނގޭ ބޮޑު ސިއްރެއް އެއީ ފަިސާގަ ހިފާއިރުވެސ އެނގޭނެ. މިހާރު ދެން ނުދަންނަކަމަށް ހަދަނީތި


0

ފިނިފެންމާގެ ސަޢީދު

15-May-2021

ފައިސާފޮއްޗެއް ލިބިއްޖެނަމަ ކާކުތޯއަހާނީ ހަރާމްތޯ ހަލާލުތޯ ހުދު އަނބިމީހާވެސް ނާހާނެ ގެއަށްވައްދާ ފައިސާ ހަލާލުތޯ. (ޕާޓީރައީސްމީހާގެބަސްމަގު)


-9

މައްރާ

15-May-2021

ޕީޕީއެމްގެ ޖަލްސާތަކަށް މާލެދިޔަމީހުންގެ ހުރިހާޚަރަދެއްކުރީވެސް ތިލާރިކޮޅުން އެކަމަކުވެސް އަންނި. ނަންވާނީ



ޓްރެންޑިން