އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އަހުމަދު އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނީވެސް މަޖިލިސް މެންބަރު މޫސާ ސިރާޖު ކަމަށާއި އޭނާގެ ކެމްޕޭނަށް ޚަރަދުކުރީވެސް އަދީބު ކަމަށާއި އަދި ފަހުން ދިރިއުޅުއްވީވެސް އަދީބު ދެއްވި ފްލެޓެއްގައި ނޫންތޯ ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސިރާޖާ ވަރުގަދަ ސުވާލުތަކެއް އަމާޒު ކުރަށްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްބައިވެރިއެއްގެ ގޮތުގައި ހިމެނޭ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ ވަކީލުންގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރު މޫސާ ސިރާޖާއި، މިހާރުގެ ޕީޖީ ޙުސައިން ޝަމީމް ވެސް މަސައްކަތް ކުރަށްވާފައި ވެއެވެ. ނަމަވެސް އެއިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ނެރެ އާންމުކުރި ޚިޔާނާތުގެ ލިސްޓުގައި ހިމެނިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އަދީބު ހައްޔަރުކުރި ފަހުން އޭނާއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނީ މޫސާ ސިރާޖް ކަމަށެވެ. އަދި ސިރާޖުގެ މަޖިލިސް ކެމްޕޭނަށް ޚަރަދުކުރީވެސް އަދީބު ކަމަށް ހައިލަމް ވިދާޅުވިއެވެ.

"މަޖިލީހަށް އިންތިޚާބުވީ ފަހުންވެސް ދިރިއުޅެމުން ގެންދިޔައީ އަދީބު ދީފައިވާ އެޕާޓްމަންޓެއްގައި، މިއީ ދޮގެއްތޯ؟" ފުލުހުން ޓެގްކޮށް ހައިލަމް ވިދާޅުވިއެެވެ.

ޚިޔާނާތުގެ ލިސްޓުގައި އޭރާއި މިހާރުގެ ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

ތަހުގީގު ނުނިންމާ މައުލޫމާތު ސާފުކުރުމުގެ މަރުހަލާގައި އޮތް މައްސަލަ ތަކުގައިވެސް ބައެއްގެ މައްޗަށް ތުހުމަތު ތަކެއްކޮށް ލިސްޓެއް ނެރެފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަލީރަޝީދު

15-May-2021

ކަން ކަމަށް ކުފޫ ހަމަނުވާ މީހުން މު އަށްސަސާ ތަކުގެ ވެރިންނަށް އިސްކުރުމުގެ ސަބަބުން މުޅި ޤަވްމު މިއޮތީ ވާނެއެތި ވެނިމިފައި



ޓްރެންޑިން