ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު: އޭނާ ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައި
ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު: އޭނާ ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައި
މިދިޔަ މަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހޯދުމަށް ފުލުހުން އޭނާގެ ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު ކަމަށެވެ. އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު ވަނީ އެދިފައެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތު 3322111 އަށް ނުވަތަ 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.

ފުލުހުން ބުނީ އޭނާއަކީ ހިކި މީހެއް ކަަމަށާއި، އޭނާގެ ލޮލުގެ ކަޅީގެ ކުލައަކީ ކަޅު ކުލަ ކަމަށެވެ. އަދި އޭނާގެ އިސްތަށިގަނޑުގައި ހުންނަނީ ކަޅު ކުލަ ކަމަށް ފުލުހުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން