ރާއްޖެއިން އިތުރު 1،467 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ބަލިޖެހިފައި ތިބި މީހުންގެ އަދަދު 15 ހާހުން މައްޗަށް އަރައިފި އެވެ.

މިއަދު ޕޮޒިޓިވްވި 1467 މީހުންގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 939 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން އިއުލާން ކުރިއަދަދު ތަކާއެކު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 42،775 އަށް އަރާފަ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 15003 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1267 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 182 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. ރިސޯޓްތަކުން މިއަދު 18 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭ ގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ މީހުންގެ ޖުމުލަ އަދަދު ވަނީ 290 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ ކޯވިޑަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5037 ސާމްޕަލް ނަގާފައިވާ ކަމަށެވެ.



މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 27،672 މީހުންނެވެ.

ރާއްޖެއިން މިއަދު ކޮވިޑް ބަލީގައި ހަތަރު މީހަކު ވަނީ ނިޔާވެފައެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 91 މީހަކު ނިޔާވެފައިވެއެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 302506 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 140670 މީހަކު މިހާތަނަށް ކޮވިޑް-19 ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން