މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އަދި ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ
މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އަދި ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ
މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އަދި ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްޞާއާއި ފަލަސްތީނާއި ބެހޭގޮތުން ހުކުރު ޚުތުބާއެއް ގެނެސްދިނުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާތްވެގެންވާ މަސްޖިދުލް އަޤްޞާ އާއި ފަލަސްތީނާއި ގުޅޭގޮތުން ހުކުރު ޚުތުބާ އައުން ވަރަށް މުހިންމު ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ފަލަސްތީނަށް ހެޔޮ ދުޢާކުރުމަށް ހިތްވަރުދީ ރައްޔިތުންގެ ހިތްތަކުގައި އަޤްޞާ މިސްކިތުގެ ހަނދާންތައް އާކޮށްދީ އަދުގެ ޒުވާން ޖީލަށް އެތަނުގެ މުހިންމުކަން ބުނެދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަން ވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.



ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ ރަމަޟާންމަހު ފަލަސްތީނުގެ ރައްޔިތުން މާތްވެގެންވާ އަޤްޞާ މިސްކިތުގައި ނަމާދު ކުރަމުންދަނިކޮށް އިޒްރޭލްގެ ހައްދު ފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީ ސިފައިންވަނީ އެ މާތް މިސްކިތުގައި އަޅުކަންކުރަން ތިބި މީހުންނަށް ހަމަލާދީ އެމިސްކިތުގެ ތަކެއްޗަށް ގެއްލުންދީ އެމިސްކިތުގެ ހުރުމަތް ކެޑޭފަދަ އަމަލުތަކެއް ހިންގާފައެވެ. މީގެއިތުރުން މިސްކިތުގައި ހުރި މުސްހަފުތައް އިޒްރޭލްގެ ޔަހޫދީ ސިފައިން ވަނީ އަންދާލާފައެވެ. އެކަމާ ގުޅިގެން ފަލަސްތީނުގެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެ އިޒްރޭލާއި ފަަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު މިހާރު ވަނީ ހަނގުރާމަ ފެށިފައެވެ. މިހަމަލާ ބަދަލުކުރުންތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް އާންމުންނެއް ޝަހީދުވެފައިވާއިރު ހަމާސްޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލްގެ ބަޔަކު ވެސް ވަނީ މަރުވެފައެވެ.

ދިވެހިން ތިބީ ފަލަސްތީނާއެކުކަން ހާމަކުރުމަށް ދިވެހި ޒުވާނުން އިއްޔެ ވަނީ ހުޅުމާލޭގައި ސައިކަލް ބުރެއް ބާއްވާފައެވެ. ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެންމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އިސްރާގެ ދަތުރުފުޅުގައި ކީރިތި ރަސޫލާ އިމާމުވެ ނަމާދު ކުރެއްވީ މަސްޖިދުލް އަޤްޞާގެ ގަދީމީ އިމާރާތް ހުރި ތަނުގައެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާން ކުރައްވާފައިވާގޮތުން ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅު ކުރައްވައިފައިވަނީ އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށެވެ. ހަމައެހެންމެ މަސްޖިދުލްއަޤްޞާއަކީ އެތަނުގެ ވަށައިގެން ﷲ ބަރަކާތް ލައްވައިފައިވާ ތަނެއް ކަމުގައި ވަރަށް ސާފުކޮށް ޤުރުއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. މަސްޖިދުލްއަޤްޞާއަކީ ކީރިތި މާތް ރަސޫލާގެ އިސްރާގެ ދަތުރުފުޅާ ވެސް ގުޅިފައިވާ ބަރަކާތްތެރި މަޤާމްފުޅެކެވެ. މައްކާގައި ހުންނަ އަލްމަސްޖިދުލް ޙަރާމަށް ފަހު ދުނިޔޭގެ ބިންމަތީގައި އިމާރާތް ކުރެވުނު ފުރަތަމަ މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ކިނބޫ

16-May-2021

މި ގައުމުގަ? މިހާރު? މި ވެރިކަމުގަ? ހިތަށްވެސް އަރުވަން ނުވާނެނު! "ހަރުކަށި" އަށް ހަމްދަރުދީ ވާތީ ފިޔަވަޅު އަޅާފާނެ.



ޓްރެންޑިން