ރާއްޖެއިން ކޮވިޑް ޖެހިގެން އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭގެ 23:53 އެހާކަށްހާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 92ވަނަ މީހާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. އިއްޔެވެސް މި ބަލީގައި ހަތަރު މީހަކު 4 މީހަކު ވަނީ ނިޔާވެފައެވެ. މިފަހަކަށް އައިސް ކޮވިޑް ބަލީގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޭތުވެ ދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 1400 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ބުނީ މިހާރު ރާއްޖޭގައި ބަލި ޖެހިފައިވާ 15،003 މީހުން އެބަ ތިބި ކަމަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑިމިޓްކޮށްގެން 290 މީހުންނަށް ފަރުވާދެމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން