ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު އަދި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން މިސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މައްޗަށް، ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ކުރަށްވަމުން ގެންދަވާ ތުހުމަތު, މިރޭވެސް ތަކުރާރު ކުރަށްވައިފިއެވެ.

ރައީސް މުހަންމަދު ނަޝީދުގެ ދަރިކަނބަލުން މީރާ މިރޭވަނީ، މިނިސްޓަރު ޝާހިދުގެ މައްޗަށް އެކަމަނާ ކުރަށްވާ ތުހުމަތު އަދިވެސް ގަބޫލު ނުކުރެވޭތޯ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ. ޚާރިޖީ ވަޒީރު ޝާހިދުގެ އިތުރުން މީރާވަނީ ނުސީދާ ގޮތެއްގައި ރައީސް ޞާލިހުގެ ނަންފުޅުވެސް އެތުހުމަތުގައި ފާހަގަ ކުރައްވާފައެވެ. މީރާގެ ތުހުމަތުތައް އަނެއްކާވެސް ތަކުރާރު ކުރަށްވާފައި މިވަނީ މިއަދު މީޑިއާތަކުގައި ދައުރުވަމުން ދިޔަ ވާހަކަ ތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.



"އަބްދުﷲ ޝާހިދުގެ މައްޗަށް ތުހުމަތުކުރެވޭ އަހަރެން ބުނީމަ ކަލޭމެން އަހަރެންގެ ވާހަކަ ދެންވެސް ގަބޫލުކުރާނަންތަ." މީރާ ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ދިން އެހަމަލާގެ ތުހުމަތު މީގެކުރިން ވެސް މީރާ ވަނީ ޝާހިދުގެ މައްޗަށް ކުރަށްވާފައެވެ. މީގެއިތުރުން މި ހަމަލާގެ ފަހަތުގައި ސަރުކާރުގެ އެތެރޭގެ އަތެއް ވާނެ ކަމަށް ވެސް މީރާ ކުރިން ތުހުމަތު ކުރަށްވާފައި ވެއެވެ.

މީގެ ކުރިން މީރާ ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށްވެސް މިފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. މީރާ އެ ތުހުމަތުތަށް ކުރަށްވާފައިވަނިކޮށް، ރައީސް ނަޝީދަށް ބަޔަކު ހަމަލާ އެއް ދޭން އުޅޭކަމުގެ މައުލޫމާތު ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިނިސްޓަރު މާރިޔާއަށް ދެއްވި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ސަލާމަތީ ބާރުތަކަށް އެކަމަނާ ދެއްވާފައިނުވާކަން ފަހުން ވަނީ ހާމަވެފައެވެ. މީރާގެ ތުހުމަތު ޔަގީނާ ގާތްވީ މިސަބަބުތަކަށް ޓަކާކަމަށް ބެލެވެއެވެ. އެކަމާ ގުޅިގެން މާރިޔާގެ އިސްތިއުފާއަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދުގެ ދަރިކަނބަލުން ޚާރިޖީ ވަޒީރުގެ މައްޗަށް މިކުރަށްވާ ތުހުމަތު ތަކާއި ގުޅިގެން ކޮމެންޓް ކުރި ބައެއް މީހުން ބުނެފައިވަނީ މީރާގެ މި ތުހުމަތަކީ ވަރަށް ހައްސާސް ތުހުމަތު ތަކެއް ކަމަށާއި މިކަން ވަރަށް ރަނގަޅަށް ބަލައި ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދުމަށްފަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު މިހާރު ވަނީ ޖަރުމަން ވިލާތަށް ވަޑައިގެންފައެވެ. އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިންކަމުގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހަަމަލާގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ކަލޯ

16-May-2021

ކޮއްމެ މީހަކު ކުރިކަމެއް ކަމުގަ ވިޔަސް ވެސް ހައްގު އަދަބު ދޭން ޖެހޭ!!


3

ރައްޔިތުން

15-May-2021

ދެން ރައީސް ނަޝީދު ބަޑާއިފަންނަވާނީ ބޭރުގެ ހަށިފާރަވެރިންނާއެެކު ކަމަށް ވަރަށް ބޮޑަށް ހީމޭ. ގައުމުގެ ހާލަތާއި މެދު އެތައްބަޔަލު ދަނީ ސުވާލު އުފައްދަމުން ވީމާ.



ޓްރެންޑިން