އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިއަށްގެންދިޔަ އެމްއެމްޕީއާރުސީގެ ތަހުޤީޤަކީ ސިޔާސީ ސަކަރާތެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް އެކުލަވާލާފައިވާއިރު، އެލިސްޓާއިމެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ކޮމިޝަންގެ ތަހުޤީޤްގެ ނަޒާހަތްތެރިކަމާއިމެދުވެސް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކުރީގެ ނާއިބު ރައީސް ޑރ،. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަސްއަޅައި ފޮރުވުމުގެ ބިރު ބޮޑުވެއްޖެކަމަށެވެ. އަދި މިއަދު އެމްޑީޕީގެ ކޮންޓްރޯލް އޮތް މަޖިލީހާއި ސަރުކާރުގެ ބޮޑުން ހިމެނޭ ރިޕޯޓު އުނި އިތުރުވާކަން ކަށަވަރުކަމަށާއި ކުށެއްގެ ހެކި ނައްތާލުމަކީ އެއީ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާރު އިތުބާރުކުރާ މީހެއް ނެތްކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.



ޑރ. ޖަމީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެމްޑީޕީގެ އޭރުގެ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކުރެވޭ ތުހުމަތު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ހަމީދަށް މިނިވަންކޮށް ތަހުޤީޤު ނުކުރެވޭނެކަމަށެވެ. ޖަމީލު ވިދާޅުވީ މިމައްސަލަތައް ބެލުމަށް މުޅިން އައު ތަހުޤީޤު ޓީމެއް އެކުލަވާލަން ޖެހޭކަމަށާއި ސިޔާސީ ޕާޓީތަކުން އެ ފަދަ ތަހުޤީޤަކަށް އެއްބާރުލުން ދޭންޖެހޭކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުޤީޤަށް އަލިއަޅުއްވާލައްވައި ޖަމީލު ވިދާޅުވީ އެ ތަހުޤީޤަކީ ކުރިންވެސް ތަކުރާރުކުރި ގޮތަށް ސިޔާސީ ސަކަރާތެއްކަމަށެވެ. އަސްލު މުޖުރިމުން ގޭގައި ތިބީ ޕީޖީއާއި ސަރުކާރުގެ ޑީލެއްގެ ދަށުންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް 700 މިލިޔަން ރުފިޔާ ލިބުނުނަމަ ފުރަތަމަ އެ ދަޢުވާ ނުކުރީ ކީއްވެތޯވެސް ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.



އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ މީހުންގެ ލިސްޓް މަޖިލީހާއި ހިއްސާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުން އެލިސްޓް ދިރާސާކުރީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އާއި ޖުޑިޝަރީ ކޮމިޓީގެ މެންބަރުން ހިމަނައިގެން އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މިހާރު ތަހުގީގު ހިނގަމުންދާކަމަށް ބުނާ މައްސަލަ ތަކާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައިވާ މައްސަލަތަކާއި ގުޅޭ ފަރާތްތަކުގެ ނަން މިލިސްޓުގައި ހިމަނާފައިވާތީ އެލިސްޓްގައި ހިމެނޭ ގިނަ ބަޔަކު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބައެއް ބޭފުޅުން ވިދާޅުވީ ތަހުގީގެއް ނުހިންގާ އަދި ކޮމިޝަނުން އެއްވެސް ވަރަކަށް ސުވާލުވެސް ކޮށްނުލައި، ބޮޑު ޚިޔާނަތަކާއި ގުޅޭ މައްސަލައެއްގެ ލިސްޓުގައި ނަންޖަހައި އާންމު ކުރުމަކީ ގަސްތުގައި ބައެއްްގެ އަބުރު ކަތިލުން ކަމަށެވެ.

މަޖިލީހުން ލިސްޓު ނެރުމުގެ ކުރިން އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ލީކްކޮށްލާފައެވެ. ކުރިން މަޖިލީހުންވެސް ބުނެފައިވާ ގޮތަށް ލީކްކޮށްލި ލިސްޓުގައި 281 ފަރާތެއްގެ ނަން ހިމެނިފައި އޮތް ނަމަވެސް މަޖިލީހުން ލިސްޓު އާންމު ކުރިއިރު ބައެއް ފަރާތްތަކުގެ ނަން ވަނީ އުނިކޮށްފައެވެ. މިމައްސަލައިގައިވެސް ބައެއް ފަރާތްތަކުން ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަޔާތް

20-May-2021

ޖަމީލޫ ކަލޭ އެންމެ ފަހުން ކޮރަޕްޝަނަށްވެސް ތާއީދުކުރަންފެށީ ދޯ? ޚަލެއަށް ނޭގޭތަ އަދުރޭ ރެހެންދި ފްލެޓްތައް ގަތްކަން? އެފަދަ އެތައްބަޔަކު ފައިސާގަ ހިފިކަން? ކަލެއަށްވެސް ފައިސާލިބުނީދޯ? ޜަޔިތުންނާދެކޮޅަށް މިމައްސަލާގައި ވަގުންނާއެއްކޮޅަށް ކަލޭ ތެދުވީމަ އެނގިއްޖެ ކަލޭ ތީ ވަގުންގެ މީހެއްކަން. ވީމާ, އަހަރުމެން ސަލާމް ކަލެއަށް. ކްރިމިނަލް މައިންޑެޑް މީހެއް ކަލޭވެސް ތީ? ލަދު ކޮބާ?



ޓްރެންޑިން