ކ-ވ މިނިސްޓަރު މާރިޔާ އާއި މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގް
ކ-ވ މިނިސްޓަރު މާރިޔާ އާއި މަހިބަދޫ ދާއިރާގެ މެމްބަރު ތާރިގް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ނިމެންދެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަންޖެހޭ ކަމަށް އދ.މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ވިދާޅުވީ، ދެފުއް ފެންނަ ތަހުގީގަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަޤާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު ތިލަވާ މައުލޫމާތާއި، ޕްރެސްގައި ދެއްކެވި ވާހަކައަށް ބަލާއިރު އެ ނޫންގޮތެއް ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގައި ޑިފެންސް މިނިސްޓަރ މާރިޔާގެ އިސްތިފާގެ އަޑު ގަދަވީ ރައީސް ނަޝީދަށް މަރުގެ ހަމަލާއެއް ދޭން ރާވަމުންދާ ކަމަށް މީހެއްގެ ފަރާތުން ލިބުނު މައުލޫމާތެއް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު މާރިޔާއާއި ހިއްސާ ކުރެއްވުމުންވެސް އެކަމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައި ނުވާކަން ހާމަވުމާއި ގުޅިގެންނެވެ.



މާރިޔާ ވިދާޅުވެފައިވަނީ މެމްބަރު އިލްޔާސް އެމައުލޫމާތު ހިއްސާކުރެއްވުމުން އެކަން ފުލުހުންނަށް އެންގުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެހެން ނަމަވެސް އިލްޔާސް ވަނީ އެކަން ދޮގުކުރައްވާފައެވެ. އިލްޔާސް ވިދާޅުވީ މިނިސްޓަރު މާރިޔާ އެގޮތަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ މާރިޔާ ދީދީގެ އިސްތިއުފާއަށް ގޮވާލާފައެެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ރޭވެސް، އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ވެސް ވަނީ އެ ހަމަލާގައި މާރިޔާދީދީގެ ބައިވެރިވުމެއް އޮވެދާނެކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި އެރޭ މާރިޔާ ދީދީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގަތުމުން އެތަނުގައި ތިބި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ވަނީ މާރިޔާދީދީ ގެ އިސްތިއުފާއަށް ގޮވައި އަޑު އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން