އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި 7 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި މިއީ ޓެރަރިޒަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް މި އޮޕަރޭޝަނާއި ބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފައިވާއިރު، މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލަމާތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން