ރައީސް ސޯލިހް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ، އަރިހުގައި މިނިސްޓަރު އިމްރާން އަދި މާރިޔާ
ރައީސް ސޯލިހް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ، އަރިހުގައި މިނިސްޓަރު އިމްރާން އަދި މާރިޔާ
ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އިންޓަލިޖެންސް ނިޒާމްގެ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ މި އޮޑިޓް ހެއްދެވުމަށް ރައީސް ސޯލިހް ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބަންޑާރަ ނައިބްގެ އޮފީސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޓީމަކާއިކަމަށެވެ. އަދި މި އޮޑިޓް ހެދުމަށް އެންގެވި މައިގަނޑު ސަބަބަކީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ކަންކަން ހިނގައިދިޔަގޮތުން ކަމަށް އޭނާ ވިދާޅުުވި އެވެ.

މަބްރޫކް ވިދާޅުވީ އެ ޓީމުގެ މަސައްކަތްތައް މިހާރު ފަށައިފައިވާކަމަށެވެ. އަދި ޓީމުގެ ހޯދުންތައް ރައީސް ސޯލިހާ ޓީމުން ހިއްސާކުރާނެކަމަށް މަބުރޫކް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން