އަލްހާން ފަހުމީ
އަލްހާން ފަހުމީ
ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހުން އާންމު ކުރުމަކީ ކޮމިޝަން ތަކުގެ މަސައްކަތްތައް ބޭކާރުކޮށްލުން ކަމުގައި އެމްޑީޕީގެ ކުރީގެ ނާއިބްރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބަޔަކު ހިމަނައިގެން ތައްޔާރުކޮށްފައިވާ ލިސްޓެއް ހުސްވި ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ވަނީ އާންމު ކޮށްފައެވެ. ކޮމިޝަނުން ބަލަމުންދާ، އަދި ތަހުގީގުވެސް ފުރިހަމަ ނުވާ މައްސަލަތަކެއްގައި ހިމެނޭ ބައެއްގެ ނަން ލިސްޓެއް އާންމު ކުރުމުން ކޮމިޝަންގެ މަގުސަދާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދައި ފާޑު ކިޔަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހިންގާފައިވާ މި އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވަމުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ކޮމިޝަން ތަކުގެ ތަހުގީގު ރިޕޯޓްތައް މަޖިލީހުން އާންމު ކުރުމަކީ ކޮމިޝަން ތަކުންކުރާ މަސައްކަތަތައް ބޭކާރު ކޮށްލަން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރަށްވާ ކަމެއް ކަމަށެވެ. އަދި މިކަމަކީ ދަޢުވާ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމެއް ކަމުގައި އަލްހާން ސިފަކުރަށްވާފައި ވެއެވެ.

"ޖިނާއީ ދައުވާތައް އުފުލަން ހުރަސް އެޅުމާ ތަޙުޤީޤަށް ހުރަސްއެޅުން ކަމުގައި ދެކެން!" ކޮމިޝަން ތަކުގެ ރިޕޯޓްތައް މަޖިލީހުން އާންމު ކުރުމާމެދު ޚިޔާލުފާޅުކުރަށްވަމުން އަލްހާން ވިދާޅުވެފައި ވެއެވެ.



އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ މީހުންގެ ލިސްޓް މަޖިލީހާއި ހިއްސާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުން އެލިސްޓް ދިރާސާކުރީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އާއި ޖުޑިޝަރީ ކޮމިޓީގެ މެންބަރުން ހިމަނައިގެން އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މިހާރު ތަހުގީގު ހިނގަމުންދާކަމަށް ބުނާ މައްސަލަ ތަކާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައިވާ މައްސަލަތަކާއި ގުޅޭ ފަރާތްތަކުގެ ނަން މިލިސްޓުގައި ހިމަނާފައިވާތީ އެލިސްޓްގައި ހިމެނޭ ގިނަ ބަޔަކު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބައެއް ބޭފުޅުން ވިދާޅުވީ ތަހުގީގެއް ނުހިންގާ އަދި ކޮމިޝަނުން އެއްވެސް ވަރަކަށް ސުވާލުވެސް ކޮށްނުލައި، ބޮޑު ޚިޔާނަތަކާއި ގުޅޭ މައްސަލައެއްގެ ލިސްޓުގައި ނަންޖަހައި އާންމު ކުރުމަކީ ގަސްތުގައި ބައެއްްގެ އަބުރު ކަތިލުން ކަމަށެވެ.

މަޖިލީހުން ލިސްޓު ނެރުމުގެ ކުރިން އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ލީކްކޮށްލާފައެވެ. ކުރިން މަޖިލީހުންވެސް ބުނެފައިވާ ގޮތަށް ލީކްކޮށްލި ލިސްޓުގައި 281 ފަރާތެއްގެ ނަން ހިމެނިފައި އޮތް ނަމަވެސް މަޖިލީހުން ލިސްޓު އާންމު ކުރިއިރު ބައެއް ފަރާތްތަކުގެ ނަން ވަނީ އުނިކޮށްފައެވެ. މިމައްސަލައިގައިވެސް ބައެއް ފަރާތްތަކުން ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ބިރު

20-May-2021

އަލްހާން ވިދާޅުވަނީ ރަގަޅަށް ހުރިހާގޯހެއް ހަދަނީ މަޖަލިސްސަރުދާރު ވަރަށްސާފް



ޓްރެންޑިން