ކާފިއުގަޑީގައި ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ (ރަސް ފޮޓޯ: ޝާހް)
ކާފިއުގަޑީގައި ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ (ރަސް ފޮޓޯ: ޝާހް)
މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އިތުރު ދެހަފުތާއަށް މިރޭ އިތުރުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ ތިންވަނަ ދުވަހު އެޅި ފިޔަވަޅުތައް ދެ ހަފްތާގެ މުއްދަތަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.



އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކުރިން ހިންގާފައިވާ ކާފިޔުވެސް ވަނީ ދަންމާލާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ސުކޫލުތައް ބަންދުކުރުމާއި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުންވެސް އެޗްޕީއޭ އިން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައްކުރާ ރަށްރަށަށް ދަތުރުކުރުންވެސް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެއިތިރުން މިމުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭއިން ވަނީ ގައިޑްލައިން އާއި ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ހުއްޓާލާފައި އޮތް އޮތުން ވެސް ވަނީ ދަންމާލާފައެވެ.

ކޮވިޑްގައި މިދިޔަ 24 ގަޑިއިރުތެރޭގައި ރާއްޖެއިން ވަނީ ތިން މީހަކު މަރުވެފަ އެވެ. ވޭތުވެ ދިޔަ ސައުވީސް ގަޑިއިރު ތެރޭގައި 1007 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން