ސަލްޓަން ޕާކް
ސަލްޓަން ޕާކް
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމައިފައިވާ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހޮވާފައިވާ އިންތިހާބީ މޭޔަރާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތަރުވަނަ ދައުރަށް ހޮވާފައިވާ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ވަކިން ހާއްސަކޮށް މާލޭގައި ކޮވިޑް-19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ އާންމުންނަށް މި ރަސްމިއްޔާތުގައި ބައިވެރި ނުވެވޭނެ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެ އެެވެ. އެހެން ނަމަވެސް މި ރަސްމިއްޔާތު ޓީވީއެމާއި މާލެ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލަށް މޭޔަރާއެކު 18 ކައުންސިލަރުން ވަނީ އިންތިޚާބުކޮށްފައެވެ. ކައުންސިލްގެ މެޖޯރިޓީ މިފަހަރު ނަގާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޑރ. މުހަންމަދު މުއިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން