ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު 2 މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރޭ ދަންވަރު އެކަކު ނިޔާވިއިރު، ފަތިހުވެސް އިތުރު މީހަކު ނިޔާވެފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 94 އަށް އަރާފައެވެ.

ކޯވިޑް ބަލީގައި ރޭ މެންދަމު ނިޔާވީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވި ރޭ މެންދަމުން އަލިވެ 2:38 އެހާކަންހާއިރުއެވެ.



އެޗްޕީއޭއިން ބުނީ ރޭ ފަތިހު 4:30 ހާއިރު ނިޔާވިީ އުމުރުން 30 އަހަރުގެ އަންހެނެއްކަމަށެވެ. މިއީ މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާއެވެ. އޭނާއަށްވެސް ފަރުވާދެމުންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.



ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 96 އަށް އަރާފައިވާއިރު، ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ދެމީހަކު ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން