އައްޝައިހް އަލީ ޒައިދު (ކ)
އައްޝައިހް އަލީ ޒައިދު (ކ)
އިޒްރޭލުގައި ތަގުރީރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް އެގައުމުން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދައުވަތު އަނބުރާ ފޮނުވާލުމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ގޮވާލައްވައިފިއެވެ.

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުުރައްވަން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދައުވަތެއް ލިބިވަޑައިގެންފައިވާކަން އެމަނިކުފާނު ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް އަދި ނުނިންމަވާ ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ.

ފަލަސްތީނާއި އިޒްރޭލްގެ ހަނގުރާމަ ވަރަށް ބޮޑަށް ހޫނުވެ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ޝައިހް އަލީ ޒައިދު ވިދާޅުވީ އިޒްރޭލުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ދައުވަތު އަނބުރާ ފޮނުވާލައި މަޖިލީހުން އިޒްރޭލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ބަޔާނެއް ނެރެންޖެހޭ ކަމަށެވެ.

"އަދި، މިކޮޅު މަޖިލީހުން ބަޔާނެއް ނެރެންޖެހޭ ކަމަށް ދެކެން، ރާއްޖޭގެ ހުރިހާ ރައްޔިތުން އިޒްރޭލްގެ ޓެރަރިޒަމާއި ދެކޮޅުކަން ބުނެދޭންޖެހޭ." ޒައިދު ވިދާޅުވިއެވެ.

އިޒްރޭލްގެ ހައްދު ފަހަނައަޅާފައިވާ އަނިިޔާވެރި ސިފައިން ގެންދަނީ ފަލަސްތީނުގެ ޣައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ. މި ހަމަލާތައް ފެށިފައިވަނީ ފާއިތުވެ ދިޔަ ރަމަޝާން މަހު އަޤްޞާ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންތަކަކަށް އިޒްރޭލުން ހަމަލާ ދިނުމާއި ގުޅިގެންނެވެ. އެހަމަލާތަކާއި ގުޅިގެން އަޤްޞާ މިސްކިތާއި ފަލަސްތީނު ރައްޔިތުން ދިފާއު ކުރުމަށް އެގައުމުގެ މިނިވަންކަމަށްޓަަކައި ޖިހާދުކުރާ ހަމާސް ޖަމާއަތުން ވަނީ އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދޭން ފަށާފައެވެ. އެހަމަލާތަކުގައި އިޒްރޭލްގެ ބަޔަކުވެސް މަރުވެފައިވެއެެވެ.

މީގެ ކުރިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހައްގުވާ ކަމަށާއި އެކަމާ މަޖިލީހުގެ އެއްވެސް މެންބަރަކު ދެބަސްވެވަޑައި ނުގަންނަވާނެކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ދެވެން އޮތް ނަމަ އެކަމެއްގައި އެހީ ވެދިނުމަށް ދިވެހިން ތިބޭނީ ތައްޔާރަށް ކަމަށާއި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދެވެނޭ މަގެއް ހޯދަން މަޖިލީހުގެ މެމްބަރުން ވިސްނާ ވަޑައިގަތުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ހޭލާ

19-May-2021

ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އަމުރު މައުރޫފް ހިންގުމަކީ އެއީ އެއްވެސް އާއްމު ދިވެހި ރައްޔިތަކަށް ކުރެވިގެން ވާނެ ކަމެއް ކަމުގައި ނުދެކެން ސަބަބުތައް ވަރައްގިނަ ރައީސައް ކަންކަމުގަ ލަފާ ދެއްވުމަށް މިނިސްޓަރުންނާ ސްޓޭޓް މިނިސްޓަރުންނާ އަދި އިތުރު އެތައްބަޔަކު ތިބޭ ވަކި ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ޑިގްރީއެއް އޮވެއްޖިއްޔާ އެވީ ރައީސަށާ ދެންވެސް ބޭނުންހާ ބަޔަކާ ބެހި ފޮށި އެކިމީހުނަށް ތަފާތު ހުކުމް ޖަހަންތޯ. ނޫން އެމީހަކު ކިޔެވި ދާއިރާ އަކުން އިޚުލާސްތެރިކަމާ އެކު އާންމުން ހޭލުން ތެރިކުރަން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުން މާރަނގަޅު. މުޖުތަމައު ފަސާދަ ކުރުމާއި ފިތުނަ ވެރި ކުރުން ދޫކޮށް އިސްލާމީ ރިވެތި އުސޫލުގައި ހިފާއުޅުން ކިހާ އަބުރުވެރި.



ޓްރެންޑިން