ލަވާޒާ ބްރޭންޑްގެ ކޮފީ އުފައްދާ ކުންފުނިން ފަލަސްތީނާއި ދެކޮޅަށް ތެދުވުމުން އެކުންފުންޏަށް ރަނގަޅު "މެސެޖެއް" ދޭން ޖަމިއްޔަތުލް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ލަވާޒާ ބޭނުންކުރުން ރައްޔިތުން ހުއްޓާލަން ތައްޔާރަށް ތިބިތޯ ސުވާލު ކުރައްވާފައެވެ. އަދި ފަލަސްތީނާއި ދެކޮޅަށް ލަވާޒާ ގުރޫޕުން ތެދުވުމުން އެ ކުންފުންޏަށް ރަނގަޅު "މެސެޖެއް" ދޭން އަލީ ރަމީޒު ވަނީ ގޮވާލައްވާފައެވެ.

އާސަނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފަލަސްތީނާއެކު ހުރިކަން ހާމަކުރުމުން އެ ކްލަބްގެ ސްޕޮންްސާއެއް ކަމުގައިވާ ލަވާޒާ ގްރޫޕުން ވަނީ އެ ކްލަބްގެ މެނޭޖްމަންޓާ ޝަކުވާކޮށްފައެވެ. އެކަމާ ނުރުހުން ފާޅުކުރަމުން ލަވާޒާ ބްރޭންޑްގެ ކޮފީ އުފައްދާ ކުންފުނިން ބުނީ ކްލަބާއެކު މަޝްވަރާއަކަށް ދާން ބޭނުންވާ ކަމަށެވެ. ލަވާޒާ ގްރޫޕުން ބުނެފައިވަނީ އެލްނެނީގެ ޕޯސްޓަކީ އެ ކުންފުނީގެ ޕޮލިސީތަކާ ހިލާފް އަދި ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ ޕޯސްޓެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޔަހޫދީންނާއި ދެކޮޅަށް ވާހަކަަދެއްކުން ބަލައި ނުގަނެވޭނެ ކަމަށް ލަވާޒާ ގްރޫޕުން ވަނީ ބުނެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ގެތަކަށާއި އިމާރާތް ތަކަށް ބޮން އަޅައި އެމީހުން ގެދޮރުން ނެރެ ގިނަބަޔަކު މަރަމުންދާ ދަނޑިވަޅެއްގައި އާސަނަލްގެ މިޑްފީލްޑަރު ފަލަސްތީނާއި އެކު ހުރިކަން ހާމަކޮށްފައިވާއިރު އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަންކަން ލެސްޓާ ސިޓީ ހޯދުމަށްފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ލެސްޓާ ސިޓީގެ ދެ ކުޅުންތެރިން ވަނީ ފަލަސްތީނު ދިދަ ދައްކާލައި އެގައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ލަވާޒާ

19-May-2021

އަހަރެން ތައްޔާރު.. އަހަރެންގެ ދުއާތަކާއި ހެޔޮއެދުންތައްވަނީ ފަލަސްތީނާއިއެކު.. އެހެންކަމުން އެމީހުނާއި ދެކޮޅުވެރިވެ އިޒްރޭލަށް ހިތްވަރުދޭ ކޮންމެ ބައަކަށް އަހަރެންވެސް ދެކޮޅުވެރިވާނަން. މިއަދުން ފެށިގެން ލަވާޒާ ކޮފީ އަހަރެންގެ ނަފްސަށް ހަރާން ކޮށްފިން.



ޓްރެންޑިން