ސޮނެވާ ގްރޫޕުގެ ވެރިޔާ، ސޯނޫ ޝިވްދާސަނީ ރާއްޖޭގައި ތަރައްގީކޮށް ހިންގާ ރިސޯޓެއްގައި އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ފުރުސަތުއޮތްކަން ހާމަކޮށް އެކަމަށް ތަރުހީބުދީ ޕްރަމޯޓް ކުރުމަށް ލިޔެފައިވާ ލިއުމެއް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުން ގިނަ ބަޔަކު ރުޅިގަދަވެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސޮނެވާ ގްރޫޕުގެ ވެރިޔާ، ސޯނޫ ޝިވްދާސަނީ ވަނީ "އައުޓް ދެއާ ޓްރަވެލް" މެގަޒިންގައި އޭނާގެ ރިސޯޓުގައި ނަގާފައިވާ އެމަންޒަރުތަކާއެކު ލިޔެފައިވާ ލިޔުން ފޭސްބުކްގައި ހިއްސާކޮށް އެލިއުމުގެ މޮޅުވާހަމަ މީހުންނަށް އަންގައިދިނުމަށް މަސައްކަތް ކޮށްފައެވެ. އެކަމާ ގުޅިގެން ފޭސްބުކްގައި ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު ސޯނޫގެ މި ވާހަކަތަކަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފު އަދި އިސްލާމްދީނުގެ އަސްލުތަކާވެސް ޚިލާފު ވާހަކަތަކެއް ކަމަށާއި އެއީ ދިވެހިރާއްޖެ ބޭނުން ކޮށްގެން ޕްރަމޯޓް ނުކުރެވޭނެ ކަންތައްތައް ކަމަށެވެ.

ރާއްޖޭގައި އުޅެން ހުއްދަދެނީވެސް އެމީހަކު ބޭނުންހާ ގޮތަކަށް އައިސް އުޅުމުގެ މިނިވަންކަން އޮންނަ ގޮތަކަށް ނޫންކަމަށް އޭނާ ބުނެފައި ވެއެވެ. ބޭރުގެ ވިޔަފާރިވެރިންވެސް ރާއްޖޭގައި ވިޔަފާރިކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ގާނޫނުތަކާއި ޚިލާފަށް ވިޔަފާރި ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީން ވެސް މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ކަންކަން ޕްރަމޯޓްކޮށް ރާއްޖޭގެ ގާނޫނު އަސާސީގެ ހަމަތަކާއި އުސޫލުތަކާއި ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

"ބިދޭސީންނަށް ވިޔަފާރިކުރަން ދޭ ހުއްދަ އަކީ ގާނޫނުތަކާއި ޚިލާފުވާން ރާއްޖޭގެ މި ފަސްގަނޑުގައި ދެވޭ ލައިސަންސެއް ނޫން، ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި އެއް ޖިންސުން ގުޅުން ހިންގާ ރިސޯޓެއް އިންޑިޔާއަށް ޕޮރޮމޯޓްކުރާނީ ކިހިނެއްތޯ؟" އޭނާ ސުވާލު އުފައްދާފައި ވެއެވެ.

މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯނޫގެ މި އަމަލާއިމެދު ހިތްހަމަނުޖެހިގެން ނުރުހުން ފާޅުކޮށްފައެވެ.

ރާއްޖެ ލަގްޒަރީ ޓޫރިޒަމް ދުނިޔެއަށް ހުޅުވާލި ވިޔަފާރިވެރިންގެ ތެރޭގައި އިންޑިއާގެ ބޮޑު ފައިސާވެރިއެއް ކަމަށްވާ އިންދޫ ސިވަދަސިނީގެ އެންމެ ހަގު ފިރިހެން ދަރި، ސޯނޫ ޝިވްދާސަނީ ހިމެނެއެވެ.

ސޯނޫ މަޝްހޫރު ވެގެންދިޔައީ އޭނާ ރާއްޖޭގައި ތަރައްގީކުރި މަޝްހޫރު "ސޮނޭވާ ރިސޯޓުން" ނެވެ. ސޯނޫއަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ްއަލީ

18-May-2021

ނަޝީދު ގެ ޕާޓުނަރު މިސަރުރުކާރަކުން ފިޔަވަޅެއް ނޭނޭޅޭނެ


2

ރައޫފް

18-May-2021

ނުވަާނެ ތިކަމެއް މިސަރުކާރަކަށް


8

ޙުސޭނ

16-May-2021

އަވަހައް އޭނަގެރަޝައް އޭނަފޮނުވާލާ.ތީ ދެން މާމައްޗައް ތިދަނީ.!



ޓްރެންޑިން