ގިނަދުވަސް ތަކެއް ވަންދެން ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކޮށްދެއްވާފައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާދޭން ފަށައިފިއެވެ.

ސޯދުބެއަށް މިހާރު އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދެމުންދާއިރު ޞާދުބެ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.

ސޯދުބެއަކީ ސަރުކާރުގެ ހިދުމަތުގެ އިތުރުން ދިވެހި ބަހާއި އަދަބިއްޔާތަށާއި، ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ކުޅަދާނަ މުދައްރިސެކެވެ. ސޯދުބެއަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް (ނ.ޢ.ޢ.ވ) ލިބިވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ދައުލަތަށް 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ސޯދުބެ މިހާރު ހުންނެވީ ދިވެހިބަހުގެ އެކެޑަމީގެ މުޝީރުގެ މަގާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން