ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މިއީ މިމަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަށް ދިން ބޮމުގެ ޓެރަރިސްޓު ހަމަލާގެ ފަހުން ބާއްވާ ފުރަތަމަ ޖަލްސާއެވެ. ދައުރު ފެށުމުގެ ކުރިން މި މައްސަލައިގައި މަޖިލީހުގެ ޖަލްސާތަކެއް މެދުކެނޑުމެއް ނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމައި މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އެޖެންޑާ އިއުލާންކޮށްފައެވެ. މަޖިލީހުގެ އެޖެންޑާގައި ބުނެފައިވަނީ މާދަމާގެ ޖަލްސާއަށް ތާވަލު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓު ހަމަލާއާއި ގުޅޭ ދެމައްސަލައެއް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ރިޔާސަތުން ހުށަހަޅާ މައްސަލައިގެ ގޮތުގައި ރައީސް ނަޝީދަށް ޓެރަރިސްޓު ހަމަލާ ދިން މައްސަލަ މަޖިލީހަށް ހުށައެޅުމެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާއިގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް އެޖެންޑާގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

888

19-May-2021

މި ޤައުމަކީ ނަޟީދު ތަށް. ޢޭނަ ނެތަސް ނޭނގޭނެ


3

މާޖިދު

16-May-2021

މި ދައުރު ނިންމާލަންވާނީ އެކަމުގައި



ޓްރެންޑިން