ހަރުކަށި ފިޔަވަޅުތަކާއެކު މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުން އަދަދު ތަންކޮޅެއް ދަށްވެއްޖެއެވެ.

އެޗްޕީއޭގެ މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިއަދު ބައްުޔަށް ޕޮޒިޓިވްވީ 741 މީހުންނެވެ.



މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 44،523 އަށް އަރާފަ އެވެ. އެޗްޕީއޭ އިން ބުނީ، މިއަދު ކޮވިޑަށް ޕޮޒިޓިވްވި 741 މީހުންގެ ތެރެއިން 560 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން 156 މީހުން އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުންވެސް 25 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑު ބަލިޖެހިފައި ތިބީ 15،958 މީހުންނެވެ. މިވަގުތު ވެސް ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 262 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެއިން 4 މީހަކު ނިޔާވެފައިވާއިރު އެބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 97 އަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު