ކޮވިޑްގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ޓެސްޓު ހަދަން ދާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ ރޭޓް ފަސްގުނަ އިތުރުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގު) ގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، މީގެކުރިން ހަފުތާއެއްގެ ތެރޭގައި އާއްމުކޮށް ޕޮޒިޓިވްވަނީ 900 އެއްހާ މީހުން ކަމަށާއި، އެހެން ނަމަވެސް މިހާރު އެ އަދަދު 5،000 އަށް މަތިވެފައިވާ ކަމަށެވެ.
ވޭތުވެދިޔަ ތިންހަފުތާގައި ކޮވިޑްޖެހުނު މީހުންގެ އަދަދު އެތައް ގުނައަކަށް މަތިވެފައިވާކަން ޑރ. ޝަހީދު ވަނީ ފާހަަގަކުރައްވާފައެވެ. ބެކްލޮގާ ނުލައި މާލޭ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 700 އަށްވުރެގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންދާ ކަމަށާއި، އޭގެތެރެއިން 16 މީހުންނަށް އައިސީޔޫގައި ފަރުވާ ދޭންޖެހޭއިރު 10 މީހުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭކަމަށް ޑރ. ޝަހީދު ވިދާޅުވިއެެވެ.
މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ ކޮވިޑް ޖެހިފައިވާ 5000 މީހުން މިވަގުތު ގޭގައި އެބަތިބި ކަމަށެވެ. އެމީހުން ގޭގައި ތިބުމަކީ ފަރުވާއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ބަލި މީހުންނަށް ފަރުވާ ދޭ ފެސިލިޓީތައް މިހާރު ފުރިފަައިވާއިރު މިހާރު އެ ތަންތަނުގައި ފަރުވާ ދެނީ އިތުރަށް އެނދު ޖަހައިގެން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖޭގައި ބަލީގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މިނަމްބަރު ތަކާއި އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 44،523 އަށް އަރާފައެވެ. ކޮވިޑް ބަލީގައި މިއަދު 4 މީހަކު ނިޔާވެފައިވާއިރު ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 98 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު