ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ރާއްޖެއަށް ވެކްސިން ލިބި އަލުން ވެކްސިން ޖަހަން ފެށޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު މިރޭ ވިދާޅުވެއްޖެއެެވެ.

މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް މަދުވެ ވެކްސިން ޕްރޮގްރާމް މެދުކަނޑާލައިފައިވާއިރު ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒަށް ޝަރުތު ހަމަވާ 92،000 މީހުން އެބަތިބި ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި ތިބި 55،000 މީހަކާއި އަތޮޅުތަކުން 37،000 މީހުން ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ކޮންމެ ވެކްސިނެއްގެވެސް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭއިރު ވެކްސިންގެ ފުރިހަމަ ފައިދާ ލިބެނީ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ. ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖަހަން ޖެހޭއިރު އެންމެ ފަސްވެގެން 12 ހަފްތާގެ ކުރީން ދެވަނަ ޑޯޒް ޖަހަން ސިއްހީ މާހިރުން ލަފާ ދެއެވެ. އެކަމަކު މިހާރު އެ މުއްދަތު ވަނީ 16 ހަފްތާއަށް އިތުރުކޮށްފައެވެ. ޓެގް ޓީމުން ކުރި ދިރާސާތަކަށް ފަހު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 16 ހަފްތާވުމުގެ ކުރީން ޖެހުން އެއީ ރަނގަޅު ގޮތަކަށް ވާނެ ކަމަށް މިހާރު ވަނީ ނިންމާފައެވެ.

ވެކްސިން ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސިންގަޕޫރުގެ ކުންފުންޏަކުން އެކްސްޓްރާޒަނިކާ ވެކްސިންގެ 700،000 ޑޯޒް ހޯދުމަށް ސަރުކާރުން މިހާރު ވަނީ ފައިސާވެސް ދައްކާފައެވެ. އެހެން ނަމަވެސް އެ ވެކްސިން ނުލިބި ލަސްވާން ފެށުމުން އިންޑިއާއިން 300،000 ޑޯޒްގެ ކޮވިޝީލްޑް ގަންނަންވެސް ސަރުކާރުން ފައިސާ ދައްކާފައިވެއެެވެ. އިންޑިޔާއިން 100،000 ޑޯޒް ލިބިފައިވާއިރު ސިންގަޕޫރު ކުންފުނިން ފޮނުވާ ފުރަތަމަ ސްޓޮކްވެސް ލިބޭނީ ޖޫން މަހު ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޓޮމްބެ

19-May-2021

ވެކްސިން ލިބޭ ދުވަހެއް އޯޖޭ ވާނެ. ތި ޓެގްޓީމަށް ކާކުބާ މިހާރު އިތުބާރު ކުރަނީ. ވެޖްސިން އުފެއްދި ކުންފުބީގެ ބާހަށްވުރެ މާމޮޅުބައެއްތޯ ތި ޓެގްޓީމްގަ ތިބެނީ. ތިމީހުމްގެ އަމިއްލަ ލެބް ހަދަެިގެން ޕީ ސީ އާރ ޓެސްޓް ހަދައިގެން ދިވެހިން ފެލާބައެއް



ޓްރެންޑިން