ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލް ހުރި ނީލޯފަރު ހިނގުމަކީ ޕާކު ކުރުންމަނާ މަގެއްގެ ގޮތުގައި ހަމަޖެހިފައިނުވަނީ ހައުސިން މިނިސްޓްރީގެ ސަބަބުން ކަމަށް ވިދާޅުވެ މާލޭގެ ކުރީގެ މޭޔަރުގެ ތުހުމަތު ތަކެއް ހައުސިންގ މިނިސްޓަރަށް އަމާޒުކުރަށްވައިފިއެވެ.

މިއަދު އޮފީހުން ނުކުމެވަޑައިގެންނެވި ޝިފާ މިހެން ވިދާޅުވީ ނިލޯފަރު ހިނގުމާއި މަޖީދީމަގު ކަންމަތީގައި އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް އަމާޒުވެފައި ވަނިކޮށެވެ. ސިޓީ ކައުންސިލުން ހައުސިންގ މިނިސްޓަރަށް މިފަދަ ތުހުމަތު ތަކެއް ކޮށްފައި މިވަނީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނިލޯފަރު ހިނގުމަކީ ހަނިގޯޅިއަކަށް ވެފައި އެ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ ސެކިޔުރިޓީ ފޯރުކޮށްދޭން އުނދަގޫވާކަމަށް ޑިފެންސް މިނިސްޓްރީގެ ސިޓީ އަކުން ސިޓީ ކައުންސިލަށް އަންވާފައިވާތީ އެކަން ހަމަޖެއްސުމަށް ކައުންސިލުން ކުރި މަސައްކަތް އެހާތަނަށްވެސް ކާމިޔާބުވެފައި ނުވާތީއެވެ.

މަގާމުގެ ދައުރު މިއަދު ހަމަވި ޝިފާ މުހައްމަދު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ ނީލޯފަރު ހިނގުމުގައި ހުރި ޕާކިން ޒޯނުތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯނެއް ހަމަޖެއްސުމަށްފަހު އެ މަގަކީ ދުއްވާއެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ މަގެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި ޑިފެންސްގެ އެދުމަށް ނީލޯފަރު ހިނގުމުގެ ޕާކިން ޒޯނު ނެގުމުގެ މަސައްކަތް އަވަސް ކުރަން މަސައްކަތް ފެށި ކަމަށްވެސް ބަޔާނުގައިވެއެވެ.

ޝިފާ ވިދާޅުވީ އެ ސަރަހައްދުން ޕާކިން ޒޯނު ހެދުމަށް އެންމެ އެކަށީގެންވަނީ ބިއްލޫރިޖެހިގެ ކަމަށް ފެނި، އެ އިމާރާތުގައި ޕާކިން ޒޯނު ހެދުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި 23 މާޗު 2021 ގައި ސިޓީ އަކުން ޕްލޭނިން މިނިސްޓްރީގައި އެދުނު ކަމަށެވެ. އަދި އެ ސިޓީ މިނިސްޓަރު މުހައްމަދު އަސްލަމަށް ވަޓްސް އެޕް ކުރި ކަމަށްވެސް ޝިފާ ވިދާޅުވެފައިވެއެވެ. މީގެއިތުރުން ފޯނުން ގުޅައިގެންވެސް އެވާހަކަ އަސްލަމަށް ދެންނެވިކަމަށް ޝިފާ ވިދާޅުވިއެވެ. މީގެ އިތުރުން ޝިފާ އިންނެވި ބައްދަލުވުމެއްގައި ރައީސް ނަޝީދުވެސް އަސްލަމް އަރިހުން އެކަމަށް އެދިވަޑައިގަތްކަމަށް ޝިފާ ވިދާޅުވިއެވެ.

ނަމަވެސް އެކަމުގައި ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބުނުވާކަމަށާއި، ނިލޯފަރު ހިނގުން ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ހެދިފައި ނުވަނީ، ޕާކިން ޖާގަ ހެދުމަށް ގ. ބިއްލޫރިޖެހިގެ ނުވަތަ އެ ސަރަހައްދުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ސަރުކާރަށް ލިބުނު ފޭސޫ ކޮށި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގައި އެ މިނިސްޓްރީން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާތީކަމަށްވެސް ޝިފާގެ ބަޔާނުގައި ބުންޏެވެ.

ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް 3 ފަރާތެއް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ދޮންބީ

24-May-2021

މިނިސްޓަރުން މިހުންނަނީ ސަރުކާރުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދީ ދެން ޢާއްމުން ދޮނުވާ ސިޓީއާއި މެދު އިހުމާލުވާނެ މިންވަރު ވަޒަންކުރެވެއެވެ



ޓްރެންޑިން