އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުން އަންނަ ޖަރީމާތަކާއި އުދުވާނާ ދެކޮޅަށްފިޔަވަޅުތަކެއް އެޅުމަށް ގޮވައިލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު މިއަދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މިހާރު ކަންކުރާ އުސޫލުން ހަމައެކަނި ބަޔާނެއް ނެރެގެން ނުފުދޭ ކަމަށެވެ. އިޒްރޭލުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ބީދައިން، ރާއްޖެއަށް އިޒްރޭލުގެ ޓުއަރިސްޓުން މަނާކުރަންޖެހޭ ކަމަށާއި، މީގެއިތުރަށްވެސް ރާއްޖޭގެ ނިސްބަތުން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އަޅަން ޝިޔާމު ވަނީ ސަރުކާރަށް ގޮވާލާފައެވެ.



މައްސަލަ ހުށައެޅި ވަގުތާއި ހަމަޔަށް ޣައްޒާއިން އެކަނި 47 ކުޑަކުދިންނާއި 29 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 174 މީހުން އިޒްރޭލުގެ އުދުވާނުގައި ޝަހީދުކޮށްލާފައިވާއިރު އިރުމަތީ ޤުދުސްގައި ޞުލްޙަވެރިކޮށް އިހުތިޖާޖުކޮށް މުޒާހަރާކުރާ ފަލަސްޠީނު ރައްޔިތުންގެ ތެރެއަށް ބަޑިން ހަމަލާދީ އެތަނުންވެސް 11 މީހަކު ޝަހީދުކޮށްލާ އެތައް ސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައިވާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެކަންކަމާމެދު ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ހައިސިއްޔަތުން ނުރުހުން ފާޅުކުރަންޖެހޭ ކަމަށެވެ.



ފަލަސްތީނު ބިންތަކުގެ އަސްލު ވަޒަންވެރިން ނެރެ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް އަދި މިހާރު ގާޒާއަށް ދެމުންދާ ހަމަލާތައް ޝިޔާމް ވަނީ ކުށްވެރި ކުރައްވާފަ އެވެ. އޭގެ އިތުރުން މުސްލިމުންގެ މުގައްދަސް މިސްކިތް މަސްޖިދުލް އަޤްޞާއަށް އިޒްރޭލްގެ ސިފައިން ވަދެ ދިން ހަމަލާތަކާއި އަދި ގައްޒާއަށް މިހާރުވެސް ކެނޑިނޭޅި ދެމުން ގެންދާ ހަމަލާތައް ޝިޔާމް ވަނީ ކުށްވެރިކުރައްވާފައެވެ. ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 55 މެމްބަރުންގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން