ބ.ކަމަދޫ ކައުންސިލްގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބ.ކަމަދޫ ކައުންސިލްގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ލާމަރުކަޒީ ނިޒާމަށް ގެނެވުނު އައު މުހިންމު އިސްލާހުތައް ތަންފީޒުކުރުމުގެ ބޮޑެތި ޒިންމާތައް އަލަށް ހުވާކުރި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށު ކައުންސިލްތަކަށް އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަތަރުވަނަ ދައުރަކަށް މިއަދު ހުވާކުރެއްވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ، ނިޒާމަށް ގެނެވުނު އިސްލާހުތައް ތަންފީޒްކުރުމުގެ ބޮޑެތި ޒިންމާތަކެއް އައު ކައުންސިލްތަކަށް މަތިކުރެވިފައިވާ ކަމަށެވެ.



ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް މިސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފައެވެ. އެގޮތުން އެ ކައުންސިލެއްގެ އިހުތިޞާޞްގެ ތެރޭގައި ހިމެނޭ ރަށްރަށާއި ބިމާއި ފަޅު ފަދަ ތަންތަނުގެ ބާރުވެރިކަން ކައުންސިލަށް އޮތުމާއި އެތަންތައް ކުއްޔަށްދީގެން ނަފާ ހޯދުން ފަދަ ކަންކަންވެސް ކައުންސިލްތަކުގެ ބާރުގެ ދަށަށް ބަދަލު ކުރުން ހިމެނެއެވެ. މީގެއިތުރުން ރަށުގެ ތަރައްގީއަށް ހިންގާ ކަންކަން ކަނޑައެޅުމާއި ހިންގުމުގެ ބާރުވެސް ކައުންސިލަށް އޮތުމާއެކު ދައުލަތުގެ ބެޖެޓުން ކައުންސިލްތަކަށް ވަކިވަރެއް ކަނޑައަޅައި ކައުންސިލްތަކަށް އެ ބަޖެޓު ދިނުން ވެސް އިސްލާހު ތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ނުވަވަނަ އިސްލާހުގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން