އިޒްރޭލުން މިއަދު ހެނދުނު ފަލަސްތީނަށް ދިން ބޮމުގެ ހަމަލާއެއް.
އިޒްރޭލުން މިއަދު ހެނދުނު ފަލަސްތީނަށް ދިން ބޮމުގެ ހަމަލާއެއް.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެ އަމަލުތައް ވަގުތުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފިއެވެ.

ރަައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ވަގުތުން ހުއްޓުވުމަށް ވަނީ ގޮވާލާފައެވެ. 



އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިންނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ، އަދި މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި ހިލާފު، މެދުއިރުމަތީގެ ސުލްހަ ގާއިމު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ އަމަލެއްކަންވެސް އެބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާއި އެކުގައި ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުން މަތީގައި ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެ އަމަލުތަށް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވާއިރު އެކަމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ވެސް މަޖިލީހަށް މިއަދު ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން