ޒަހީނުއްދީން ސަޢީދު   17 މޭ 2021 - 22:15
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިޝަތު ޝައުނާ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިޝަތު ޝައުނާ
ރާއްޖެއާއި ބޭރުދުނިޔެ ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ގާއިމުކުރުމަކީ ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރަމުންދާ ކަމެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިޝަތު ޝައުނާ މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅުވައިގެން ނެރުނު ހިތާބުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ރައްޔިތުންގެ އިޙުސާސްތަކަށް ރިއާޔަތްކޮށް، އިންޓަރނެޓް ހިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން ރާއްޖޭގެ އެތެރޭގައި ވެސް ފައިބަރ ނެޓްވަރކްތައް ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ހިދްމަތް ލިބޭކަަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ރާއްޖޭގެ އައިސީޓީ ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާއިމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށް އެކަމަނާގެ ޚިތާބުގައި ފާހަގަކުރެއްވިއެެވެ.

"ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ގާއިމްކުރުމަކީވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް. މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިޤްތިޞާދަށް ލިބި، ދިވެހިން އެދޭ ތަރައްޤީ ހޯދުމަށް މަގުފަހިވެގެންދާނެ." މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވިއެެވެ.

އިންޓަނެޓް ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓާއިން ކުރާ މަސައްކަތްތައް މިނިސްޓަރު ޝައުނާގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މަސްވެރިޔާ

19-May-2021

😀 ސަބުމެރިން ކަރަންޓް ކޭބަލްވެސް އަޅަން ފަށަންވެއްޖެ. ޤައުމީ ބޮޑު އިންޖީނުގެ ބަހައްޓާނީ ގުޅީފަޅުގައި. މުއައްޒަފުން ގ.ދ ގަމުގައި އަދި މުވައްޒަފުންގެ އާއިލާތައް ހ.އ ތުރާކުނަށް


8

ހިންނަވަރު

19-May-2021

ކޮންތާކުން އަޅާ ކާކު އަޅާ ކޭބަލެއް!! ފޮނިބައިސާ ނުކަނޑާ.


1

ޙަސަނު

18-May-2021

ޢިިލޮން ކައިރިން އަހައިބަލަ ސަބްމެރިން އަޅަން ޖެހެއި ތޯ؟


1

ޙަސަނު

19-May-2021

ޢިިލޮން ކައިރިން އަހައިބަލަ ސަބްމެރިން އަޅަން ޖެހެއި ތޯ؟



ޓްރެންޑިން