ރައީސް ސޯލިހް އުއްތަމަ ފަނޑިޔާރަށް މުއުތަސިމް އަދުނާނަށް ފަތްކޮޅު ދެއްވަނީ
ރައީސް ސޯލިހް އުއްތަމަ ފަނޑިޔާރަށް މުއުތަސިމް އަދުނާނަށް ފަތްކޮޅު ދެއްވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުތައް އިސްލާހްކުރުމަށް ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވިދާޅުވީ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް، ރައީސް އޮފީހަށް ބިލެއް ފޮނުއްވާފައިވާކަމަށެވެ. އަދި ނަފުރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމުގެ ބިލެއްވެސް މަޖިލީހަށް ފޮނުއްވިކަމަށް އޭޖީ ވިދާޅުވިއެވެ.

ރައީސް އޮފީހުން މީގެކުރިން ބުނެފައިވަނީ ދައުލަތުގެ ދެބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެއްވުމަށް ބަންޑާރަ ނައިބަށް އަންގަވާފައިވާ ކަމަށެވެ. އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވަންް ރައީސް އެންގެވިކަމަށް ރައީސް އޮފީހުން ބުނެފައިވެއެެވެ. މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ ސަލާމަތީކަންކަން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް ސޯލިހް ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތަށް އެންގެވީ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ އަމިއްލަ ގެކޮޅު ކައިރީގައި ޓެރަރިސްޓް ހަމަލާއެެއްދީ އެމަނިކުފާނު ޒަޚަމްކޮށްލި ހާދިސާ އާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން