އަހުމަދު މަސްނޫމް   17 މޭ 2021 - 23:55
LGA ge board alun ekulavaalaifi.
LGA ge board alun ekulavaalaifi.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު އަލުން އެކުލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލާފައި މިވަނީ، ގާނޫނުގައިވާ ގޮތުން އައު ކައުންސިލަރުން ހުވައި ކުރެއްވުމާއި ގުޅިގެނެވެ.

އެލްޖީއޭގެ ބޯޑަށް މިއަދުު ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީއޭގެ ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އެވެ.

އަދި ލާމަރުކަޒީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ ކުރިންވެސް އެމަގާމުގައި ހުންނެވި ފާޠިމަތު އަފްޝަން ލަޠީފެވެ. މީގެ އިތުރުންވެސް އެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ މާލީ ކަންކަމާގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަޙްމަދު ޝަރީފެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މި ބޭފުޅުންގެ އިތުރުން، އެހެން ބައެއް ފަރާތްތަށްވެސް އައްޔަންކުރަންޖެހެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން 3 ދާއިރާއަކުން ބޭފުޅުން އައްޔަންކުރަންޖެހެއެވެ. އޭގެތެރޭގައި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން އަންހެން މެމްބަރަކާއި ގަވަރނަންސްގެ ދާއިރާއިން މެމްބަރެއްގެ އިތުރުން މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކުވެސް އެލްޖީއޭގެ ބޯޑަށް އައްޔަނު ކުރަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިމަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައެވެ.

މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ މެންބަރަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މެމްބަރަކާއި އަދި ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މެމްބަރެއްވެސް އެލްޖީއޭގެ ބޯޑަށް އައްޔަންކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަބްދޫ

19-May-2021

މިޒަމާނުގާ ރާއްޖޭގަމިއޮތް ކުރިއެރުމަށްބަޅާއިރު މިއީ ބޭނުމެއްނުތް ބޯޑެއް.



ޓްރެންޑިން