އަހުމަދު ޝާހް   18 މޭ 2021 - 2:52
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވެއްޖެއެވެ.

ޒާހިރު އާދަމް އަވަހާރަވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. ޒާހިރު އަވަހާރަވެފައި ވަނީ މާލޭގައި އޭނާގެ ގޭގައި ހުންނަވަނިކޮށެވެ. ދާދިފަހުން ކޯވިޑް-19 ޖެހުނު ނަމަވެސް ޒާހިރު އެބަލިން ރަނގަޅުވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

2009 ވަނަ އަހަރު އަމިއްލަގޮތުން މަޖިލީހަށް އިންތިޚާބުވީ ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުން ފެށިގެން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލް ކުރެއްވި ޒާހިރު އާދަމަކީ 19 ވަނަ މަޖިލީހުގައި ގައްދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަޙްމަދު ޒާހިރު ބައްޕާފުޅެވެ. ގައްދޫ ޒާހިރަކީ ގދ. ގައްދޫއަށް ވަރަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން