ހަލާލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި "މޯލްޑިވްސް ހަލާލް ޓްރެވަލް" ލޯންޗުކޮށްފިއެވެ.

"މޯލްޑިވްސް ހަލާލް ޓްރެވަލް" ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ، ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާޓްގެ ތެރެއިން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް މާޓުގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު ވިޅާޅުވީ، ހަލާލް ޓޫރިޒަމަކީ 189 ބިލިއަން ޑޮލަރުގެ މަރކެޓެއް ކަމަށާއި، މޯލްޑިވްސް ހަލާލް ޓްރެވަލް މާޓް މެދުވެރިކޮށް، ގަލްފްގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރެވޭނެކަމަށެވެ.

މިމަސައްކަތުގެ ދަށުން ގަލްފްގެ ޤައުމުތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް ހަލާލު ޓްރެވަލް މެގަޒިންއެއް ނެރުމާއި، މުސްލިމް ފްރެންޑްލީ ޓްރެވަލް ރޭޓިންގެއް ތައާރަފްކުރުން ހިމެނެއެވެ. މީގެއިތުރުން ޕީއާރު އަދި މަރކެޓިންގ ޓްރެއިނިންގްތަކާއި، ކޮންފަރެންސްތައް ބޭއްވުމުގެ އިތުރަށް ހަލާލް ޓްރެވަލް އެވޯޑެއް ބޭއްވުންވެސް ހިމެނެއެވެ.

މޯލްޑިވްސް ހަލާލު ޓްރެވަލް ޕްލެޓް ފޯމްގެ ހުރިހާ ބައެއްވެސް ކުރިއަށްދާނީ އަރަބި ބަހުންކަމަށާއި، މި ޕްލެޓްފޯމް މެދުވެރިކޮށް، މެލޭޝިއާ އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކާއި ވާދަކޮށް މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް ސަނީ އުމަރު ވިދާޅުވިއެވެ.

"މޯލްޑިވްސް ހަލާލް ޓްރެވަލް" ލޯންޗުކޮށްފައިވާއިރު، މިސަރުކާރުން ދަނީ ރާއްޖޭގައި ހަލާލް ޓުއަރިޒަމް ފެށުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން