މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ޚަރަދުކުރީ ކާކުތޯ އެލެކްސް އަހުމަދު ސުވާލު އުފައްދައިފިއެވެ.

ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން އެލެކްސް އަހުމަދުގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ޓްވިޓާ އެކައުންޓެކެވެ. ރައީސް ނަޝީދު ފާޅުގައި ވިދާޅުވާން ބޭނުްފުޅު ނުވާ މެސެޖުތަކާއި މައުލޫމާތުތައް ހާމަކުރަށްވައި ޓްވިޓާގައި މީހުންނަށް ރައްދު ދެއްވައި ޖަވާބު ދެއްވަން ބޭނުން ކުރަށްވާތަން ފެންނަނީ މި ޓްވިޓާ ހެންޑްލުންނެވެ.

އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓުގައި ފުރަތަމަވެސް އަހާފައިވަނީ ފަންޑު ކުރި މީހާ ކޮބައިތޯއެވެ؟ އަދި އެމްއެމްއޭއާއި، ޕޮލިހުންނާއި އެމްއެންޑީއެފް މެދުވެރިކޮށް އެ މީހަކު ހޯދުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށްވެސް އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.



އެލެކްސްގެ ޓްވީޓަށް ރައްދު ދިން މީހަކު ވަނީ ހަމަލާއަށް ހަރަދުކުރީ ކާކުތޯ ޕާޓީގެ މަންމަ (ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ) ކައިރިން އޮޅުންފިލުވުމަށް އެދިފައެވެ.



އެމީހާގެ ވާހަކަތަކަށް ރައްދު ދެމުން އެލެކްސް ބުނީ ހަމަލާއަށް ހަރަދުކުރީ ކާކުތޯ ބެލުމުގެ ގާބިލްކަން ރާއްޖޭގައި ނެތްކަމަށެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަލައިގައިވެސް ކުރިއެރުންތަކެއް ލިބުނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައިކަމަށް އެލެކްސް ބުންޏެވެ.



ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަންވިލާތުގައެވެ. އެމަނިކުފާނަށް ދިން ހަމަލާގެ ތަހުޤީޤް ކުރިއަށްދާއިރު، އެކަމާއި ގުޅިގެން 3 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެފަހުން ތަހުޤީޤް ދިޔަ ހިސާބުގެ މައުލޫމާތު ޕޮލިހުންވެސް އަދި ސަރުކާރަކުންވެސް ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ދަނީ މިހަމަލާއާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަނެއްކޮޅުން ސަރުކާރުން ދަނީ މިކަން ހިނގަން މެދުވެރިގޮތް ބެލުމަށް ގިނަ ތަހުޤީޤްތަކެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

ރަސް

24-May-2021

ކީއްވެބާ ފާޅުގަ ގޮވާ ނުލީ. ވަރަށް ކެރިވަޑައިގަންނަވާ ބޭފުޅެކޯ ކިޔަނީ.



ޓްރެންޑިން