ކޭޝް ކާޑަކުން ވަގަށް ފައިސާ ނެގި ބަޔަކު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައިގެން ކެނދިކުޅުދޫ އޭޓީއެމުން އެ ކާޑު ބޭނުންކޮށްގެން 20000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް މި މެއި މަހުގެ 10 ވަނަ ދުވަހު މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1000 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުުލުހުން ބުނީ އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި، މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17000 ރުފިޔާ ހޯދިފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓާކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި މާފަރު ރައްޔިތުންގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ވަގަށް ނެގި 20000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18000 ރުފިޔާ ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށްވެސް ފުލުުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން