ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން 352 މީހަކު އިއްޔެ ޖޫރިމަނާކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ އެކަނި ވެސް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 217 މީހަކާއި މާސްކު ނާޅާ އުޅުނު 135 މީހަކު ޖޫރިމަނާކުރިކަމަށެވެ. މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ.

ކާފިއު އުސޫލާ ޚިލާފަށް މަގުމަތީގައި އުޅުނު މީހުންގެ އިތުރުން، ކެފޭ، ފިހާރަ، ސެލޫން ފަދަ ތަންތަން ހުޅުވައިގެން ހިދުމަތް ދިން 3 ތަނެއް ބަންދުކޮށްފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް ފެތުރޭ މިންވަރު އިތުރުވާތީ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެތެރޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށް އެ ވަގުތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމާއި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ކެފޭ، ހޮޓާ، ރެސްޓޯރަންޓު ފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޓެކްއަވޭ އަދި ޑެލިވަރީގެ ހިދުމަތްކަމަށާއި ފުލުހުންގެ ހުއްދައާއެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީ ހިދުމަތުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން