ކޯވިޑް ބަލީގައި މިއަދު އިތުރު ދިވެއްސަކު ނިޔާވެ, ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު 104 އަށް އަރައިފިއެވެ.

އެޗްއީއޯސީން ބުނީ ކޯވިޑް ޖެހިގެން މިއަދު ނިޔާވީ އުމުރުން 73 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ.



ރާއްޖެއިން މިއަދުގެ މިހާތަނަށް ކޯވިޑް ޖެހިގެން އެކަކު މަރުވިއިރު މިބަލީގައި އިއްޔެވެސް 5 މީހުން ވަނީ ނިޔާވެފައެވެ. ރާއްޖޭގައި މިބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާއިރު މިމަހުގެ މިހާތަނަށް މިހާރު 30 މީހުން ވަނީ މަރުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން މަރުވި 104 މީހުންގެ ތެރެއިން 91 މީހުންނަކީ ދިވެހިންނެވެ. 13 މީހުންނަކީ ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން