މި ވަގުތަކީ އެެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލާ ގައުމަށްޓަކާ އެންމެން އެއްގަލަކަށް އަރަންވީ ވަގުތު ކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިސް ރިފޯމް މޫވްމަންޓްގެ ރައީސް، ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަައިވާއިރު އާންމު ދިރިއުޅުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ. އެހެން ކަމުން މި ވަގުތަކީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާ ދިނުން ހުއްޓާލާ ގައުމަށްޓަކާ އެންމެން އެއްގަލަކަށް އަރަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދިނުން ހުއްޓާލާފައި އެންމެން ގައުމަށްޓަކާ އެއްގަލަކަށް އަރަން ވީ ވަގުތު،" ރާއްޖޭގައި ތިރީސް އަހަރުވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.



ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ރައީސް މައުމޫން ވަނީ އެކި ފަހަރު މަތިން ގޮވާލައްވާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ނަންބަރު އުޅެނީ 1000 އިން މަތީގައެވެ. އަދި ދުވާލަކު ތިން ހަތަރު މީހުން މަރުވަމުންދާތާވެސް ހަފްތާއެއް ވަނީ ވެފައެވެ. މި މަހު އެކަނިވެސް 31 މީހަކު ކޮވިޑްގައި މަރުވެފައިވާއިރު ރާއްޖޭގައި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 104 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ކޯވިޑުކަލޯ

19-May-2021

އަދިވެސް މައުމޫނުވެރިއެއްގެ ބުއްދި މިހުރީ ދެންމިފެންނަނީ ސަހަރޯއޭހީވޭ! ވަކަރުގެ ކުދިންބޮޑުވީމާ ތޮލޭތަން މިފެންނަނީ



ޓްރެންޑިން