ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން އެމްއެންޑީއެފުން ވަރުގަދަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މަޖިލިސް ޢިދާރާއަށް ނުރައްކަލެއް އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާއާއި، އެ އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާކަމަށެވެ.

މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، މަޖިލީހަކީ ގޮއްވާލަންޖެހޭ ތަނެއްކަމަށް މީހަކު އޮންލައިން ޕްލެފޯމެއްގައި ބުނެފައިވާ މައްސަލައެއް މިހާރު އަންނަނީ ބަލަމުންނެވެ. އެގޮތުން އެމައްސަލަ މަޖިލީހުން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ރާއްޖޭގައި ސަލަމާތީ ބާރުތަކުން އެލާޓް ލެވަލް މަތިކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެނެވެ. މި ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، މިމައްސަލައިގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން