މާލޭގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ހަފްތާއަކަށް ދަންމާލައިފިއެވެ.

މާލޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މާލޭގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައެވެ. އެންމެ ފުރަތަމަ އިއުލާންކުރި ކާފިއުގެ މުއްދަތު މިއަދަށް ހަމަވުމާއި ގުޅިގެން، އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން އިތުރު ހަފްތާއަކަށް ކާފިއުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.



މާލޭގައި އެޗްޕީއޭއިން ކާފިއު ހިންގަމުންދާއިރު، ކޯވިޑް ފެތުރެމުންދާ އަތޮޅު ތަކުގެ ބައެއް ރަށްރަށުގައިވެސް ވަނީ ކާފިއު ހިންގާފައެވެ. މާލެއާއި ބައެއް ރަށްރަށުގައި ކާފިއު ހިންގި ނަމަވެސް، ފިހަރާތަކާއި ރެސްޓޯރަންޓްތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކުވެސް ހާހަކަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންދާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ ނިސްބަތުން އިތުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން