އިޒްރޭލުގެ ޔަހޫދީ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާދޭ ފަލަސްތީނުގެ ގާޒާގައި ހުންނަ އަލް ޝިޕާ ހޮސްޕިޓަލަށް ދިވެހިންގެ އެހީގައި ކަރަންޓު ފޯރުކޮށްދީފި އެވެ.

އިޒްރޭލުގެ ހަމަލާ ތަކުގެ ސަބަބުން އެ ހޮސްޕިޓަލަށް ކަރަންޓުގެ ދަތިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ހިއުމަނެޓޭރިއަން ގްރޫޕް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ އެ ހޮސްޕިޓަލަށް މިއަދު 2،547 ލީޓަރުގެ ތެޔޮ ހަދިޔާކޮށް ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ.





ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތުގެ މީހުންނަށް ފަރުވާދޭ ކަމަށް ބުނެ ހޮސްޕިޓަލަށް ދިން މި ހަމަލާއާއި ގުޅިގެން އެ ހޮސްޕިޓަލުގެ ޚިދުމަތްތަށް ވަނީ ހުއްޓިފައެވެ.

އައިއޭސީއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ގޮތުން ދިވެހީންގެ ފަރާތުން ލިބުނު އެހީގެ ސަބަބުން ފަލަސްތީނުގެ 11،000 މީހުންނަށް އޭގެ ފައިދާ ފޯރުކޮށްދެވިފައިވާ ކަމަށް އައިއޭސީއިން ވަނީ ބުނެފައެވެ.

މާލޭގައި މިއަދު ވެސް ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތުގައި ގިނަ ބަޔަކު ބައިވެފައިވާއިރު އެ ހަރާކަތަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން