މިދުވަސްވަރަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހައްދުފަހަނައަޅާފައިވާ ބާތިލް ދައުލަތެއްކަމަށްވާ އިޒްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް އަނެއްކާވެސް އިތުރުވެފައިވާ ދަނޑިވަޅެކެވެ. އެންމެފަހުން އިޒުރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 200 އެއްހާ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، ޒަހަމްވެފައިވާ މީހުންގެ އަދަދު 7000 އަށް އަރައެވެ. މަރުވި މީހުންގެ ތެރޭގައި އެމީހުންގެ ތުއްތު ކުދީންނާ ވަކިވެގެންދިޔަ މައިންބައިން ގިނައެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ތުއްތު ކުދީން ވަނީ ޔަތީމް ވެފައެވެ.

ފަލަސްތީނާއިމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަމްދަރުދީ ފާޅުކުރަމުންދާއިރު، ރާއްޖެއަކީ ދުނިޔޭގެ މަސްރަހުގައި ވެސް އެކަމުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. ދިވެހިންނާއި ފަލަސްތީނު ރައްޔިތުންގެ ޒަމާންވީ ގުޅުމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ބަދަހިވާން ފެށި ގުޅުމެކެވެ. އޭގެފަހުން ދިވެހިންނާއި ފަލަސްތީނުގެ ރައްޔިތުންގެ ގުޅުން ކެނޑިފައި، ނުވަތަ ހީނަރުވެފައިވެސް ނުވެއެވެ. އަދި އޭގެ ފަހުން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް ވަނީ ދިވެހީންގެ އެދުމާއެއްގޮތަށް މިގުޅުން އެގޮތުގައި ދަމަހައްޓާފައެވެ.

ފަލަސްތީނު ރައްޔިތުން މިއަދު ޓެރަރިސްޓް އިޒްރޭލުގެ ހަމަލާތަކުގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅޭއިރު ދިވެހިން ދަނީ އެކި ގޮތްގޮތުން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި ފަންޑު ފޮށި ހުޅުވައިގެން ފައިސާ ފޯރުކޮށްދިނުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިޒްރޭލުގެ އަމަލުތައް ކުއްވެރިކޮށް ފަލަސްތީނު ރައްޔިތުންނާމެދު ފާޅުކުރަމުންދާ ހަމްދަރުދީގެ ޝުއޫރުތައް މެދުކެނޑުމެއްނެތި އެދަނީ އޮއްސަމުންނެވެ.

ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުއޫރުތަކުގެ ތެރެއިން މިއަދު އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، ފަލަސްތީނުގެ ޔަތީމު ކުދިން ދަރިންގެ ގޮތުގައި ބަލައިދޭން އެދެމުންދާ ދިވެހިންގެ ހިތްހެޔޮ ޝުއޫރުތަކެވެ. މިޝުއޫރުތައް ފެށިގެން އައީ ފަލަސްތީނުގެ ޔަތީމު ކުދިން ދަރިންގެ ގޮތުގައި ބަލައިދޭން އެދެމުންދާ ދިވެހިންނަށް އެ ފުރުސަތު ހޯދައިދިނުމާއި ގުޅޭގޮތުން މީހަކު ކުރި ޕޯސްޓަކާއި އެކުގައެވެ. އެޕޯސްޓުގައި ބުނެފައިވަނީ ފަލަސްތީނުގެ ޔަތީމު ކުދިން ބަލައިދޭން އެދޭ ދިވެހިންނަށް އެކަން ކޮށްދިނުމަކީ ސަރުކާރަށް ކޮށްދެވިދާނެ ކަމެއް ކަމަށެވެ. މި ޚިޔާލާއެކު ދިވެހީން އެކަމަށް ބޭނުންވެފައި ތިބިވަރު ބަޔާން ކުރަންވެސް ދައްޗެވެ.



މިޕޯސްޓަށް ކޮމެންޓްކުރި އެތައް ސަތޭކަ ބަޔަކު ވަނީ އެމީހުން ފަލަސްތީނުގެ ޔަތީމު ކުދިން އަމިއްލަ ދަރިންގެ ގޮތުގައި ގެންގުޅުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އެގޮތުން ބައެއް މީހުން ވަނީ 2 ކުދިން ނުވަތަ 3 ކުދިން ބޭނުންވާކަން ވެސް ހާމަކޮށްފައެވެ.



"އަހަރެންވެސް ބޭނުން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް." ކޮމެންޓް ކުރި މަޝްހޫރު މީހަކު ބުނެފައިވެއެވެ.

ފަލަސްތީނުގެ ޔަތީމު ކުދިން ދަރިންގެ ގޮތުގައި ބަލައިދޭން އެދެމުންދާ ގިނަ އަދަދެއްގެ ދިވެހިން ތިބިއިރު، އެކަމަކީ މިހާރު ގާނޫނީގޮތުން ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސަރުކާރުން ގާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެކަން ކުރާކަށް އުނދަގުލެއްވެސް ނުވާނެއެވެ. ބޭނުންވަނީ ރަނގަޅު ނިޔަތެކެވެ. ދިވެހީންގެ ރޫހު ހުރީކީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއްގައި ފަހަށް ޖެހޭ ގޮތަކަށް ނޫނެވެ. އިޒްރޭލުގެ އަނިޔާވެރި އަމަލުތަކުގެ ޚަބަރުތައް އޮޅުން ފިލުވުމާއި އެހިތްދަތި މަންޒަރުތައް ބަލަން ހިތައް ކުޅަދާނަ ނުވެގެން ދުވާލަކު އެތައް ފަހަރަކު ލޮލުން ކަރުނަ އޮހޮރައި ރޮއިހަދާ ދިވެހީން މަދެއް ނޫނެވެ. އަދި އެމީހުންނަށްޓަކާ ދިވެހީން ހެއުހިތުން ދުޢާކޮށް ރޮއިހަދަނީ ކިތަންމެ ދުރުގައި އޮތް ދެގައުމު ކަމަށް ވިޔަސް ޒަމާނުއްސުރެ ހިނގާފައިވާ ލޯތްބާއި ކުލުނެއްގެ ސަބަބުންނެވެ. ހުރިހާ ދިވެހިންގެ ދުޢާއާއި ހެޔޮ އެދުންތައް ވަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާއެކުގައި ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަހުމަދު

24-Nov-2021

އަޅުގަނޑު ބޭނުން 1 ކުއްޖެއް


5

ހިމްކޭ

23-May-2021

މަބޭނުން އެތަނުން އިންނާނެ މީހުން.. އޯކޭ 2 ނޫނީ 3 ވިޔަސް..


-3

މީހާ

22-May-2021

ރާއްޖޭގައި ޔަތީމުން ނެތީކީ ނޫން. ނަމަވެސް ހާލަތު ތަފާތު. ފަލަސްތީނު ކުދިންނަކީ އެކުދިން އުފަންވީންސުރެ ހަގުރާމަ އާއި އަނިޔާވެރިކަން ތަހައްމަލް ކުރާ ކުދިން. ދިވެހި ސަރުކާރުން ދިވެހި ޔަތީމު ކުއްޖާ ވެސް ބެލޭނެ ގޮތް ފަހި ކޮށްދީފައި އެބައޮތް. އެހެންވީމަ ފަލަސްތީނު ޔަތީމު ކުދިން ބެލުމުގެ ޝައުގު ވެރިކަން ދިވެހިން ފާޅުކުރުމަކީ ދެއްކުން ތެރިކަމެއް ކަމަކަށް ބުނެވޭނެ ޖާގައެއް ނެތް. މީގައި އޮތީ ތެދު ނިޔަތް. ވަﷲ ޢައުލަމް.


12

ޡްނަ

24-May-2021

ޢަހަރެން ވެސް ބޭނުން 2 ކުދިން ވަންޏާ ހޯދައިދީ, އަހަރެންގެ ދަރިޔަކު ނެތް ޖެންޑާ އަށް ކުއްޖަކު އެޑޮޕްޓް ކުރަން ފޯމް ހުށަހަޅަން ނިންމައިގެން އަހަރެމެން ދެމަފިރިން މި ތިބީ


3

ބޭބެ

20-May-2021

ހެޔޮނުވާނެ އެތަނުން 4 ކުދިން އަޅުގަޑަށް ހޯ ދާދެއްވާ ﷲގެ އަމާނާތެއްގެ ގޮތުގައި އަޅުގަނޑު މެންގެ ދަރިން ގެ ގޮތުގައި މުދަލުން ވެސް ދީގެން ތަރުބިއްޔަތު ކުރާނަން!


1

އިނާ

20-May-2021

އެތަނުގާ އެލިބޭ އަނިޔާ ރާއްޖޭގައި ތިބޭ ކުދިންނަށް ލިބޭތަ! އެތަނުން ހާލުގައި ޖެހިފައިވާ ޔަތީމު ކުދިން ގެނޭވޭނެ ގޮތެއް ހަދާނެ މަޖިލިސް މެންބަރެއް ނެއްތަ މިކަން ފާސްކުރަން ހުށައަޅާނެ. އާދޭސް ކުރަން މީ ދެއެްކުން ތެރިކަމެއް ނޫން. ހަމަ ހެޔޮގޮތުގައި އަމިއްލަ ދަރިންނަށް ހަދައިގެން ބޮޑުކުރާނަން އިންޝާﷲ.


-2

މަރްޔަމް

20-May-2021

އަބުދުލް އައް ބުނެލަންއޮތީ މިތަނުގަ ތިބީ މައިންގެ ނުބައިކަމުން އެދަރިންެވެސް ނުބައި ކޮއްފަތިބިކުދިން މައިން ނައް މީ ތިމަންނަގެ ދަރިކަން ނޭގޭ ކުދިންގެންގޮސް ބަލަންފަށާއިރައް އެއީތިމަންދަރި އަނެއްކާ އެކުދިންވެސް ކިތަންމެ ނިކަމެތިކޮއެއްލާލިޔަސް އެމަށްމަ ބައްޕަ ބޭނުން ބަލާމީހުންނައް މިކަމުގެސަބަބުން އެކުދިން ރަންގަޅައްބެލޭކައްނޯވޭ އެއާހިލާފައް އެތަނުގަތިބީ ނިކަމެތިވެޔަތީމް ވެފަތިބި ކުދިން މައިން ބަފައިން ބޭނުން ނުވެގެން އެމީހުންގެ ނުބައިކަމުން ނެއްނޫން މިކުދިން ތަރުބިއްޔަތުކުރަން ފަސޭހަވާނެ އިސްލާމްދީންދެކެ އެދަރިންގެހިތުގަ ލޯބި މާގަދަވާނެ އަހަރުން ވ ވ ވ ބޭނުން އެތަނުގަ އެތިބަ ނިކަމެތި ދަރިން ވަޒީފާގަ އުޅެމުންވެސް އެކުދިން ބެލޭނެ ކަމުގެ ޔަގީންކަން އެބައޮތް މަބޭނުން 2 3 4 ވިޔަސް އޯކޭ މިހާރު މިގެން ގުޅޭ ކުޖާއައްވުރެބަލަން މާފަސޭހަވާނެ މިކުއްޖާ ބެލެންޏާ ކީއްވެ އެކުދިން ނުބެލޭނީ މަ ވ ވ ވ ބޭނުން.


4

ހައްޖަ

20-May-2021

މަވެސްބޭނުން


14

ސާމިޔާ

20-May-2021

ޢަޅުގަނޑުވެސް ބޭނުން 2 ކުދިން


-3

ނަސީމް

20-May-2021

މާސް ބެނުމް 7732790


16

ިޝިޒް

20-May-2021

އަަޅުގަނޑު ވެސް ބޭނުން ވަރަށް ކުޑަ 2 ކުދިން


1

ލީ

20-May-2021

މަވެސް ބޭނުން އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް


-1

ސޮފޫރާ ހާޝިމް

19-May-2021

އަހަރެން ވެސް ބޭނުން. ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖެއް


-2

ލ.އަތޮޅު

19-May-2021

މަވެސް 2 ކުދިންބޭނުން...


-3

ާއަބުދުލް

19-May-2021

ދިވެހިން ހާދަ ހެވޭ އިންސާނީޔަތުގެ ނަމޫނާ ބައެއް!!! ރާއްޖޭގަ ނިކަމެތި ކުދިން މަދީބާ ނޫނީ ނެތީތަ ދެއކުންތެރިކަމުގެ ލާމަސީލް!!!!


14

މޫސާ

19-May-2021

އަހަރެން ވެސް 2 ކުދިން ބޭނުން


22

ހމމމ

19-May-2021

ނިކަމެތި ދިވެހި ކުދިން ނެތީބާއޭ ހިތަށް އަރާ. ފަލަސްތީނުން ކުދިން ބޭނުންވާ މީހުނަށް ދިވެހި ކުދިން ވެސް ބެލެންވާނެ. ހެލްޕް ދެމް ޓޫ


-1

ސާޖިދާ އަޚުމަދު

19-May-2021

ތިއީ ވަރަށް ސަވާބު ލިބޭނެ ކަމެއް... އަޅުގަނޑު ވެސް ތިތަނުން ކުއްޖެއް އަމިއްލަ ދަރިޔަކު ފަދައިން ރައްކާތެރި ކަމާއި ހިމާޔަތްދީ ބަލައި ބޮޑު ކުރަން ބޭނުން..


10

ހުސެއިންރަޝީދު

19-May-2021

އަޅުގަނޑުވެސްބޭނުން "އަންހެންކުއްޖަކާ ފިރިހެންކުއްޖެއް" ލިބިދާނެތަ މިކަމުގައި ކިހިނެއް ކުރިޔައްދާނީ. އަޅުގަޑަކީ މިހާރުވެސް 2ކުދިން ބަލަހައްޓަމުން(ރާއްޖެ) ދާފަރާތެއް މިއަހަރު އޮގަސް25ގައި 18އަހަރު ވާނެ. 2މަހުންފެށިގެން ކުދިން މިބަލަނީ އިންޝާﷲ. އަދިވެސްބޭނުން އަޅުގަނޑައްވާނެ.


-2

ފާާތިމަތުމަނިކެ

19-May-2021

އަހަރެންވެސްްބ ޭޭނުން އަންހެންކުއްޖެއް


10

އިބުރާހީމް ޔޫސުފު

19-May-2021

މަވެސް ބޭނުން ކުއްޖަކު


4

ހެލްޕް ފަލަސްތީން

19-May-2021

މަވެސް ބޭނުން ކުއްޖެއް.


-5

ނިޔާޒް

19-May-2021

މަވެސް ބޭނުން. ހެޔޮ ކިތަންމެ ބައިވަރު ކުދިންނެއް ވިޔަސް. ލޯތްބާ ކުލުނާއެކު އެކުދިން ބަލާނަން އަމިއްލަ ދަރިން ފަދައިން.


6

މަރިޔަމް

19-May-2021

ކުއްޖެއް ބަލަން ބޭނުން ޕަލަސްތީނުގެ ކިހިނެއްތޯ ހަދަންޖެލެނީ?


13

މަޔާނު

19-May-2021

ދިވެހިން ނަކީ ވަރަށް ނުލަފާ ބައެއް.. ގޮތްދައްކާ ބައެއް.. މި ރާއްޖޭގައި ކިތައް ޔަތީމުން.. ކިތައް ފަގީރުން އެބަ އުޅޭތޯ? ޢެކަނިވެރި މައިން ސަލާމް ޖަހަނީ.. ކީވެ އަޅާ ނުލަނީ?


-9

ޡަމީން

19-May-2021

ރާއްޖޭގަ ޔަތީމު ކުދިން މަދީތަ? ނުތިބެނީތަ?


4

ާަސަފީޤް މޯޑު

19-May-2021

އަހަރެން ވަރަށް ބޭނުން ދަރިއެއްގޮތަށް ބަލާނެ ދަރިއެއް މިހަމަށް ކުރެވޭނެ ގޮތެއްބޭނުން


1

އައިސަތު ވަޙީދާ

19-May-2021

އަޅުގަނޑުވެސްބޭނުން އަންހެންދެކުދިން އެކަމް ކުރަންވެސްފަސޭހަކަމަކަންނުވާނެ ގާނުނުތަންދޭމިންވަރަކުން މިކަންކޮންދިނުއެދެން ސަރުކާރުން ކުޑަކުޖަކާ ބޮޑުކުއްޖެއްބެނުންވޭ



ޓްރެންޑިން