މާލޭގެ ދަފްތަރުގައި މީހުން ޖެއްސުން މެދުކަަނޑާލަން މާލޭ ސިޓީކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްްޒު ވިދާޅުވީ، މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގު ޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން ކަނޑައެޅެން ދެން މާލޭގެ ދަފްތަރުގައި މީހުން ޖެއްސުން ހުއްޓާލުމަށް މިއަދު ނިއްމާފައިވާ ކަމަށެވެ.

އެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް މަގު ޗާޓެއް ކަނޑައަޅައި، މިހާރު ދަފްތަރުގައި ޖެހޭއިރު އޮންނަ އުސޫލަކީ ރަނގަޅު އުސޫލެއްތޯ ބަލާނެ ކަމަށާއި، މިހާރު ދަފްތަރުގައި 1700 އެއްހާ މީހުން ޖެހިފައި ތިބިއިރު އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި އެމީހުންނަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދެވޭނެ ގޮތަކާއި އެމީހުންގެ ތެރެއިން ސަރުކާރުގެ އެކި މަޝްރޫއުތަކުން ގެދޮރު މިހާރު ހަމަޖެހުނީ ކިތައް މީހުންނަށްތޯ ވެސް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



"ގާނޫނެއް ވިއްޔާ ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް ވިއްޔާ ގެނެސް، އެކަން ކުރެވެންދެކަށް ދަފްތަރުގައި އިތުރަށް ނުޖައްސާ ގޮތަށް މި ނިއްމީ." މޭޔަރު ވިދާޅުވިއެވެ.

މާލޭ ދަފްތަރުގައި މީހުން ރަޖިސްޓްރީކޮށްދޭން ފެށީ 1987 ވަނަ އަހަރު އެވެ. އަދި މާލޭގައި އުޅޭތާ ފަސް އަހަރު ވެގެން މާލޭގެ ރަށްވެއްސަކަށް ވާން އެދޭ ރަށްރަށު މީހުންނަށް ދަފްތަރުން ފުރުސަތު ދޭން ފެށީ 1994 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ތިމަންނަ

19-May-2021

ވަރަށް ރަގަޅު ނިންމުމެއް , ކޮންމެހެން މާލޭ ދަފްތަރުގައި ޖައްސާކަށް ނުޖެހޭ , އެމީހެއްގެ ރަށުގެ ނަމުގައި އޮތުމުން ފުދޭ



ޓްރެންޑިން