ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކަމުގެ ތުހުމަތުގައި މިރޭ ހައްޔަރުކުރި މީހާގެ މައްޗަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނެއް މާލެއިން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 49 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ. މިރޭ ހައްޔަރުކޮށްފައިވަނީ ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލި މަނިކު ނަމަކަށްކިޔާ މީހެކެވެ.

އޭނާ ހައްޔަރުކުރަން ފުލުހުން ހޯދި ކޯޓް އަމުރުގައި ބުނެފައިވަނީ އޭނާ އަކީ ދީނީ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށް މާލޭ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަަދައިގެން ނަމާދުކޮށް އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ މީހެއް ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއްކަމުގައި ދައްކުވައިގެން ރާއްޖެއިން ޖިހާދު ކުރުމަށް މީހުން ފޮނުވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެެވެ.

މީގެ އިތުރުން ޖިހާދަށް މީހުން ފޮނުވަން ރެކްރޫޓްކޮށް ދިވެހިރާއްޖޭގައި ހަަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވޭކަން ކޯޓު އަމުރުން ވަނީ ހާމަވެފައެވެ.

ފުލުހުން މިރޭ ހައްުޔަރުކޮށްފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


19

އަބްދޫ

19-May-2021

ފިކުރަކީއެންމެނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް.ހަރުކަށި ނަމުގަ އިސްލާމްދިނާއި ރާއްޖޭގެ ގާނޫނާއި ހިލާފު ކަމެއް އަމަލެއް ހިންގަނަމަ ސަރީއަތަށް ހުށަހަލަންވާނެ. އެމީހެއްގެ ހިތުގަ ފޮރުވިފައި އޮންނަ ފިކުރަކަށް ސަރީއަތެއް ނުހިންގޭނެ.



ޓްރެންޑިން