މާލޭގައި ހުރި ގުދަންތަކާއި ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަށް މާލޭގެ ތެރޭގައި ހުރި ގަރާޖުތަކާއި ގުދަންތައް އަދި ވޯކްޝޮޕްތައް ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް މާލޭ ސިޓީކައުންސިލްގެ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގަރާޖުތަކާއި ގުދަންތައް މާލޭގެ އެތެރޭގައި ހުރުމުން ދިމާވާ ދަތިތައް ވަރަށް ގިނަ ކަމަށާއި އޭގެ ހައްލު އޮތީ ފެންނަން ކަމަށެވެ. އެކަން ކުރުމުގެ ގޮތުން ވަރަށް އަވަހަށް ގުދަންތަކާއި ގަރާޖުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



ގުދަން ފަދަ ތަންތަން އަލަށް ހަދަން ބޭނުންވާ މީހުންނަށް ވެސް އެ ތަނުން ޖާގަ ދޫކުރާގޮތަށް ސިޓީކައުންސިލުން ވަނީ ނިއްމާފައެވެ.

މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ތަރައްގީ ކުރާނެ ޕްލޭނެއް ހަދައި، އެކަން މިނިސްޓްރީއާ ހިއްސާކޮށް މަޝްރޫއު ބަޔަކާ ހަވާލު ކުރުމަށް ނިއްމާފައިވާ ކަމަށެވެ.

މާލޭ ސިޓީކައުންސިލުން އިއްޔެ ވަނީ މުހިންމު ގިނަ ނިއްމުންތަކެއް ނިއްމާފައެވެ. ދަފުތަރުގައި މީހުން ޖެއްސުން މަޑުޖައްސާލުމާއި ވިލިމާލޭގައި 10 ބުރީގެ އިމާރާތް އެޅުމުގެ ހުއްދަ ދިނުމުގެ މަސައްކަތާއި ގުޅީފަޅުގެ ބަނދަރުގެ މަޝްރޫއު ހުއްޓާލައި، އެތަން ގެދޮރަށް ހާއްސަ ކުރުމަށް ސަރުކާރަށް ދެންނެވުމުގެ މަސައްކަތް ފެށުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޢަހްމަދު

19-May-2021

ކަމެއްކުރަންއެގިގެން ކަންކަންކުރެވޭނީ.



ޓްރެންޑިން