ކޮވިޑް ކޮންޓޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ފުރަތަމަ މަރުހަލާގައި ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރަން ފެށުމުން، ބަލި ފެތުރިގަންނާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމުން ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ ކޮންޓްރޯލް ކުރުމަށް ފުރަތަމަ ފިޔަވަޅުތައް އަޅާއިރު، ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކޮށް، އިންފެކްޝަން ފެތުރިގަންނާނެ ކަމަށެވެ. އަދި އެއާއެކު އަލާމާތްތައް ފެންނަ ވަރަކަށް، ޓެސްޓުތައް ހަދަމުންދާ ކަމަށާއި، މިހާރު މި ފެންނަނީ ޓެސްޓުތަކުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް ހުރިހާ މޫވްމަންޓްތަށް ބަންދުވީކީ ނޫން، މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާނަމަ އަދިވެސް ބަލި ފެތުރެމުން ދާނީ، ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން އާންމުކޮށް ދެ ހަފުތާވަރު ނަގާނެ، ރަނގަޅު ނަތީޖާ އެއް ފެންނަން." ޑރ. މުހަންމަދު އިސްމާއިލް ވިދާޅުވިއެެވެ.

ކޮވިޑްގެ ބަލިމަޑުކަން މިހާރު ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް ނުރައްކާވެފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު ބެކްލޮގާ އެކީގައި އާންމުކޮށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު އުޅެނީ 1000 އިން މަތީގައިކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ މިހާތަނަށް ބަލީގައި ހަމީހަކު ވަނީ ނިޔާވެ ރާއްޖެއިން ބަލީގައި ނިޔާވި ޖުމުލަ އަދަދު 111 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން